މާލޭގެ މަގުތަކުގައި ހުރި ކާނުތައް ސާފުކުރުމުގެ މަސައްކަތް މާދަމާ އިން ފެށިގެން ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ އާދަމް ޝަރީފު ޢުމަރު ވަނީ ވިދާޅުވެފައެވެ.
މިކަން ވަޒީރު ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި މަސައްކަތް ފެށުމުގެ މަޤްޞަދަކީ މާލޭގެ ކާނުތަކުން ފެން ހިނދުން ލަސްވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ތަކުލީފުތައް ކުޑަކުރުމަށް އެހީތެރިވެދިނުމަށެވެ.
މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.
މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން މިހާރުވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ.

