ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބާއްވާ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ ބޭއްވުމަށް ނިންމައިފިއެވެ.
މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 21:00 ގައި ޕީއެންސީގެ މައި ހަރުގެ، ކޮންގްރެސް ގައެވެ. މި ފޯރަމް ހުށަހަޅައިދެއްވާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް އަލީ ސަޢީދެވެ.
ފޯރަމަށް ހުރިހާ ދިވެހި ރައްޔިތުންނަށް ދަޢުވަތު އަރުވާފައިވާއިރު ޕީއެންސީއިން ބުނެފައިވަނީ މިއީ އެ ޕާޓީއިން ގެންދާ ސިލްސިލާ ޕްރޮގްރާމެއް ކަމެވެ.
ރަމަޟާން މަހުގެ ރޭތައް އިޙްޔާކޮށް ފޯރަމްތައް ބޭއްވުމަށް މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުގައި ވެސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.މި ފޯރަމް ތަކަކީ އިސްލާމްދީނުގެ މުހިންމު މަޢުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ބާއްވާ ފޯރަމްތަކެކެވެ.

