ކުޑަކުދިންގެ ހިތްތަކުގައި ދުއާކުރުމަށް ލޯބިޖެއްސުމުގެ ގޮތުން "ދުއާ ކުރާ ދަރިފުޅު"ގެ ނަމުގައި ހާއްސަ ފޮތެއް ނެރެފިއެވެ.
އައްޝައިހް ޝިހާން އަލީ ލިޔުއްވާފައިވާ މި ފޮތަކީ ކޮންމެ މަންމައަކާއި ބައްޕައެއް އަދި ކޮންމެ މުދައްރިސަކު ވެސް ކިޔާލުން މުހިންމު ފޮތެއް ކަމުގައި މި ފޮތް ކިޔާލި ބައެއް މީހުން ވަނީ ބުނެފައެވެ.
މުހިންމު ގިނަ ބައިތަކެއް އެބަ އެކުލެވޭ މި ފޮތުގައި ދުއާކުރަން ދަސްކޮށްދޭން ވީ ކީއްވެގެން ކަމާއި، ދުއާ ކުރަން ދަސްކޮށްދޭންވީ 9 ސަބަބެއް ތަފްސީލާއި އެކު މި ފޮތުގައި ކިޔާދީފާއިވާކަން ފާހަގަކޮށްލެވެއެވެ. ހަމައެއާއެކު، މި ފޮތަކީ ފުރާވަރު ކުދިން ދުޢާކުރުމަށް ހިތްޖައްސާނެ ގޮތްތަކާއި، ކިޔާހިތްވާ ކަހަލަ ޙަޤީޤީ ޙާދިސާތަކާ އެކު ގެނެސްދީފައިވާ ފޮތެެކެވެ.
މި ފޮތުން މައިންބަފައިންނާއި މުދައްރިސުންނަށް، ކުދިންގެ ހިތްތަކުގައި ދުއާކުުރުމަށް ލޯބިޖައްސާނެ، ކުދިން ޝައުގުވެރިވާނެ ގޮތްތަކުގެ ހިޔާލްތަކެއް ލިބިގެންދާނެއެވެ.
138 ސަފްހާގެ މި ފޮތް ‘ ބުންޔާން ބުކްސް" އިން -/150 ރުފިޔާއަށް މިހާރު ދަނީ ވިކެމުންނެވެ.

