ގެމަނަފުށި ކައުންސިލް ވެޓަރަންސް ފުޓްސަލް މުބާރާތުގެ ފުރަތަމަ މެޗުގައި ލަނޑާ އެފްސީ އަދި ބަރާސީލް ވާދަ ކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.
މެޗު ފަށައިގެން ލަނޑާ އެފްސީ ފެނިގެން ދިޔައީ ވަރަށް ހަމަޖެހިގެން ކުޅެމުންދިޔަ ތަނެވެ. އަދި ފުރަތަމަ ހާފްގެ ވަރަށް ކުރީކޮޅު ވަނީ 2 ގޯލުގެ ލީޑެއް ނަގާފައެވެ. އެހެން ނަމަވެސް ފުރަތަމަ ހާފް ފަހުކޮޅު ބަރާސީލު ޓީމް ފެނިގެން ދިޔައީ ވަރަށް ބޮޑަށް ކުޅުން ރަނގަޅު ކުރި ތަނެވެ. ނަތީއްޖާއެއްގެ ގޮތުން ފުރަތަމަ ހާފް ނިމުމުގެ ކުރިން 3 ގޯލު ޖަހައި އެޓީމުން ވަނީ ލީޑް ނަގާފައެވެ.

މެޗުގެ ދެވަނަ ހާފްގައި ދެޓީމްގެ ފަރާތުން ވެސް ފެނިގެން ދިޔައީ ވަރަށް ހަމަހަމަ ކުޅުމެކެވެ. އެހެންނަމަވެސް ބަރާސީލު ޓީމް ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި ލަނޑާ އެފްސީން ވަނީ ގޯލެއް ޖަހައި ނަތީއްޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ ފަހުކޮޅު ދެ ޓީމްގެ ފަރާތުންވެސް ވަރުބަލި ކަން ފެނިގެން ދިޔައެވެ. މެޗު ނިމިގެން ދިޔައީ 3-3 އިން އެއްވަރު ވެގެންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބަރާސީލު ޓީމްގެ ޖޯޒީ ނަންބަރު 8 އަބްދުالله ޒިހާންއެވެ. ޒިހާން ވަނީ މިމެޗުގައި މޮޅު ކުޅުމެެއް ދައްކާފައެވެ.
35 އަހަރުން މަތީގެ ކުޅުންތެރިންނަށް ހުޅުވާލައިގެން ބާއްވާ ވެޓަރަންސް މުބާރާތަކީ ގއ އަތޮޅުގައި ބާއްވާ މިފަދަ ފޯރިގަދަ މުބާރާތެވެ. މި މުބާރާތުގައި 7 ޓީމަކުން ވާދަކުރާއިރު ރަށުން ބޭރުން ގއ ކޮނޑޭ ވެޓަރަންސް ޓީމް ވަނީ ބައިވެރިވެފައެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު ރަނަރަޕް ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވެއެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ.

