މާލެއާއި ހުޅުމާލޭގައި އިއްޔެ ކަރަންޓު ބޭނުންކުރި މިންވަރު ދަށްވެފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މިއަދު ހާމަކޮށްފިއެވެ.
ސްޓެލްކޯއިން ބުނި ގޮތުން، ހުކުރު ދުވަހު އޮފީސްތައް ބަންދުވުމާ ގުޅިގެން، ކަރަންޓު ބޭނުންކުރި މިންވަރު ވަނީ ބުރާސްފަތި ދުވަހާ އަޅާބަލާއިރު ވަނީ ދަށްވެފައިކަމަށެވެ. އެގޮތުން ހުކުރު ދުވަހުގެ އެންމެ ޕީކް ގަޑީގައި ބޭނުންކޮށްފައި ވަނީ 90 މެގަވޮޓްގެ ކަރަންޓެވެ.
ކޮންމެ އަހަރެއްގެވެސް ހޫނުގަދަ މަސްމަހުގައި އަދި ޚާއްޞަކޮށް ރަމަޟާން މަހު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެ، ކަރަންޓު ބިލު ބޮޑުވާ ކަމުގެ ޝަކުވާތައް ރައްޔިތުން ކުރަމުން އަންނަ ކަމަށް ފާހަގަކުރެވެއެވެ. މިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަނީ މި އަހަރުގެ ރަމަޟާން މަހުގެ ކަރަންޓާއި ފެން ބިލުތަކުން މަދުވެގެން 10 އިންސައްތައިގެ ޑިސްކައުންޓެއް ދިނުމަށް ނިންމަވާފައެވެ.
މިދިޔަ އަހަރުވެސް ރަމަޟާން މަހުގެ ބިލުތަކުން ޑިސްކައުންޓް ދީފައިވާކަން ފާހަގަކުރެވެއެވެ. މި ފިޔަވަޅަކީ ރައްޔިތުންނަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން އަޅުއްވާ ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.

