ދިވެހިންގެ އެހީގައި ޣައްޒާގައި ބޮޑު ވިލެޖެއް ބިނާކުރުމުގެ މަސައްކަތް ފަށައިފި އެވެ،
ދިވެހިރާއްޖޭގެ ޚިދުމަތް ޖަމިއްޔާ އާއި، ތުރުކީގެ އުންމަ ޖަމިއްޔާ ގުޅިގެން ޣައްޒާގެ 10,000 އަކަމީޓަރުގެ ބޮޑު ސަރަޙައްދެއް އާރާސްތު ކުރުމުގެ މަސައްކަތް ކުރުމަށް މިދިޔަ ހަފްތާގައި މިވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.
މިއެއްބަސްވުމުގެ ދަށުން، އެސަރަޙައްދުގައި 100 އާއިލާއަކަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ޓެންޓް އެޅުމާއި ފާޚާނާ ހެދުން އަދި ކެއްކުމާއި ކާބޯތަކެތި ފޯރުކޮށްދޭނޭ ބަދިގެތައް ބިނާ ކުރެވޭނެ އެވެ. މީގެ އިތުރުން ބޭސް ފަރުވާގެ ކަންކަން ކޮށްދިނުމަށް ޑޮކްޓަރަކު ބެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ. ޓެސްޓުތައް ބިނާ ކުރެވޭ މި ހާއްސަ ވިލެޖުގައި މިސްކިތެއް ބިނާކުރުން އަދި ތަފާތު ވައްތަރުގެ ކާބޯތަކެތި ތައްޔާރުކުރާ ބޭކަރީއެއް ޢިމާރާތް ކުރުން ހިމެނެއެވެ.
މި މުޅި ޕްރޮޖެކްޓަށް ގާތްގަނޑަކަށް 100،000 ޑޮލަރ ހޭދަވާނެ ކަމަށް ލަފާކުރެވެއެވެ.

ދިވެހިންގެ އެހީގައި ޣައްޒާގައި ބޮޑު ވިލެޖެއް ބިނާކުރުމުގެ މަސައްކަތް ފަށައިފި./ ފޮޓޯ: ހިދުމަތް ޖަމިއްޔާ
ވަންނާނޭ ގެދޮރުނެތް، އެތަކެއް ސަތޭކަ މުސްލިމުންނެއް ތިބި މިސަރަހައްދުގައި އެންމެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ފާހާނާ ބިނާކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފަ އެވެ. މާބޮޑު މަޝްރޫއު ނިންމާލުމަށް ދިވެހި އެންމެހައި ރައްޔިތުންގެ އެހީތެރިކަމާ ބޭނުންވެއެވެ. ވީމާ މިމަސައްކަތުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރި ވެދެއްވުމަކީ ޖަމިއްޔާގެ ވަރަށް ބޮޑު އެދުމެކެވެ.
މިވަރުގެ ބޮޑު ޕްރޮޖެކްޓެއް ޖަމިއްޔާއިން ފެށި އިރު މި ބަރަކާތްތެރި ރަމަޟާންމަސް ފެށިގެން ކޮންމެ ދުވަހަކު ވެސް މިއަންނަނީ ޣައްޒާގެ އެތަކެއް އާއިލާއަކަށް ރޯދަވިއްލުން ފޯރުކޮށްދެމުންނެވެ.

ދިވެހިންގެ އެހީގައި ޣައްޒާގައި ބޮޑު ވިލެޖެއް ބިނާކުރުމުގެ މަސައްކަތް ފަށައިފި./ ފޮޓޯ: ހިދުމަތް ޖަމިއްޔާ
މިހުރިހާ މަސައްކަތްތަކެއް ކާމިޔާބު ކަމާއެކީ މިކުރެވެނީ ދިވެހި ލޮބުވެތި ރައްޔިތުންގެ ދީލަތި އެހީތެރިކަމާއެކު ކަމަށްވާތީވެ މިފުރުޞަތުގައި ވެސް ދިވެހި ލޮބުވެތި އެންމެހައި ރައްޔިތުންނަށް ޝުކުރު ދަންނަވަމެވެ.
ޣައްޒާގެ ވިލެޖް ބިނާކުރުމުގެ ޕްރޮޖެކްޓް އަށް އެހީތެރިވުމަށް
ޚިދުމަތް – ބީއެމްއެލް އިސްލާމިކް (އިމަރޖެންސީ ފަންޑް)

