މިއަދުގެ ފަތިސްތަރީގައި މިބަލައިލަނީ ކިނބިހި އެޅުން ހިފެހެއްޓުމުގެ ނުރައްކާތެރިކަމަށެވެ.
ކިނބިހި އެޅުމަކީ އިންސާނުންގެ ހަށިގަނޑުގެ ޤުދުރަތީ ހަރަކާތެކެވެ. ނަމަވެސް ގިނަ ބަޔަކު އާންމު ތަންތަނުގައި އަދި ގިނަ މީހުންގެ މަޖިލިސް ތަކާއި ގާތްމީހުންގެ ބައެއްކަހަލަ އެއްވުންތައް އަދި ބައެއްކަހަލަ ހިމޭން މާހައުލުތަކުގައި ކިނބިހި ހިފަހައްޓަން މަސައްކަތްކުރާ މަންޒަރު ފެނެއެވެ.
ހާއްސަކޮށް އަންހެނުންނާއި އަންހެންކުދިން ގެ ފަރާތުން މިއަދާ ވަރަށްބޮޑަށް ފާހަގަކުރެވިފައިވެއެވެ. އެހެންނަމަވެސް މިއީ ވަރަށް ނުރައްކާތެރި އަދި ސިއްޙީ ގޮތުން ގެއްލުންތަކެއް ލިބިދާނެ ކަމެކެވެ.
ކިނބިހި އެޅުމަކީ މުހިންމު ކަމެކެވެ: ކިނބިހި އެޅުމަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމުގެ މުހިންމު ބައެކެވެ. ނޭފަތަށް ވަންނަ ބޭރު ތަކެތިން ރައްކާތެރިވުމަށް ހަށިގަނޑުން ދައްކާ ޤުދުރަތީ ރައްދެކެވެ. ކިނބިހި އެޅުމަކީ ވަރަށް ބާރުގަދަ ހަރަކާތެކެވެ. އަދި މި ހަރަކާތް ހިފެހެއްޓުމަކީ ހަށިގަނޑަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެކެވެ.

ކިނބިހި އެޅުން ހިފެހެއްޓުމަކީ ނުރައްކާތެރިކަމެއް./ ފޮޓޯ: ޝަޓަސްޓޮކް
ކިނބިހި ހިފެހެއްޓުމުން ލިބިދާނެ ގެއްލުންތައް: ކިނބިހި ހިފެހެއްޓުމުން އޭގެ އަސްލު ބާރަށްވުރެ އެތައް ގުނައެއް، ފަހެއް އިން ސައުވީސް ގުނައަށް ބޮޑު ބާރެއް ނޭވާލާ ނިޒާމަށް ކުރެއެވެ. މީގެ ސަބަބުން ކަންފަތުގެ ތޫރި ފަޅައިގެން ގޮސް، އިވުމަށް އަސަރުކޮށް، އޮޕަރޭޝަން ކުރަން ޖެހިދާނެއެވެ. އަދި ބައެއް ހާލަތްތަކުގައި ކަންފަތުގައި އިންފެކްޝަން އުފެދި، ރިހުން އިތުރުވެދާނެއެވެ.
އިތުރު ނުރައްކާތެރި އަސަރުތައް: ކިނބިހި ހިފެހެއްޓުމުގެ ސަބަބުން ލޮލާއި، ނޭފަތް، އަދި ކަންފަތުގެ ލޭނާރުތަކަށް ގެއްލުން ލިބިދާނެއެވެ. ހަމައެހެންމެ ބައެއް ހާލަތްތަކުގައި މެޔާއި ސިކުނޑިއަށްވެސް ގެއްލުން ލިބުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ގެއްލުންތަކަކީ ދާއިމީ ނުކުޅެދުންތެރިކަމަކަށް މަގުފަހިވެދާނެ ކަންކަމެވެ. މަދުން ވިޔަސް މިގޮތަށް ދިމާވެފައިވާ ކަމަށް ދިރާސާތަކުން ފެންނަން އެބަހުއްޓެވެ.

ކިނބިހި އެޅުން ހިފެހެއްޓުމަކީ ނުރައްކާތެރިކަމެއް./ ފޮޓޯ: ޝަޓަސްޓޮކް
ގިނައިން ކިނބިހި އެޅޭނަމަ އަޅަންވީ ފިޔަވަޅުތައް
ގިނައިން ކިނބިހި އެޅޭ މީހުން އަންނަނިވި ކަންކަމަށް ސަމާލުކަން ދޭންވާނެއެވެ:
- އެލަރޖީއެއް ހުރިނަމަ އެކަމަށް ފަރުވާ ހޯދުން
- ސީދާ އަވީގައި ގިނަވަގުތު ހޭދަނުކުރުން
- އެއްފަހަރާ ގިނައިން ކެއުމުގެ އާދަ ދޫކޮށްލުން
- ނޭފަތް ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން
- ވުޟޫ ކުރާ ކޮންމެ ފަހަރަކު ނޭފަތް ރަނގަޅަށް ސާފުކޮށްލަދޭނެ
- މަތީ ތަލީގައި ހައެއްކަ ނޫނީ ދިހަބާރަ ވަރަކަށް ސިކުންތު ވަންދެން ދޫ ކާއްތާލުން
- ވައިގެ ތެރޭގައި ހުންނަ ހަޑިމުޑުދާރު ތަކެތިން ރައްކާތެރިވުން

ކިނބިހި އެޅުން ހިފެހެއްޓުމަކީ ނުރައްކާތެރިކަމެއް./ ފޮޓޯ: ޝަޓަސްޓޮކް
ކިނބިހި އެޅުމަކީ ހަށިގަނޑުގެ ޤުދުރަތީ ދިފާޢީ ނިޒާމުގެ ބައެއް ކަމުގައިވާއިރު، އެކަން ހިފެހެއްޓުމަކީ ނުރައްކާތެރި ކަމެކެވެ. އެހެންކަމުން، ކިނބިހި އެޅުން ހިފެހެއްޓުމުގެ ބަދަލުގައި، އެކަމުގެ އަސްލު ސަބަބު ދެނެގަނެ، އެކަމަށް އެކަށީގެންވާ ފަރުވާއެއް ހޯދުމަކީ މުހިންމު ކަމެކެވެ. އަދި ގިނައިން ކިނބިހި އެޅޭނަމަ، ޑޮކްޓަރެއްގެ ލަފާ ހޯދުމަކީވެސް ބުއްދިވެރި ކަމެކެވެ. ސައިންސް ފަދަ މައްސަލައެއް ހުންނަ ނަމަ ނޫނީ އެލާޖީ ކަމެއް އުޅޭނަމަ ކިނބިހި އެޅުން ގިނައިން ދިމާވެދާނެތީ ޑޮކްޓަރަށް ދެއްކުން މުހިންމެވެ.

