ޕެވްލޯވާއަކީ ނިއުޒިލޭންޑާއި އޮސްޓްރޭލިއާގެ މަޝްހޫރު ފޮނިކާއެއްޗެކެވެ. މިއީ ބޭރުން މުރަނަކޮށް، މެދުތެރެ މަޑުކޮށް، ވިޕިންގ ކްރީމާއި ތާޒާ މޭވާއިން ޒީނަތްތެރި ކުރެވިފައި ހުންނަ ވަރަށް މީރު ކާއެއްޗެކެވެ. މި ފޮނިކާއެތި ތައްޔާރުކުރުމަކީ ފަންނުވެރިކަމާއެކު ކުރަންޖެހޭ ކަމެކެވެ.
ބޭނުންވާ ތަކެތި
ޕެވްލޯވާ ތައްޔާރުކުރުމަށް ބޭނުންވާ މައިގަނޑު ތަކެތީގެ ތެރޭގައި
- 4 ބިސް،
- 1 ޖޯޑު މުގުރި ހަކުރު
- ، ވެނީލާ އެކްސްޓްރެކްޓް،
- ކްރީމް އޮފް ޓަރޓަރ،
- ކޯން ސްޓަރޗް
- ވިޕް ކްރީމް
- މީގެ އިތުރުން ޒީނަތްތެރި ކުރުމަށް ތާޒާ މޭވާ ބޭނުންވާނެއެވެ. ސްޓްރޯބެރީ، ކިވީ، ބްލޫބެރީ، ކޮށާފައި ދޮންއަނބު، ހަނީމެލަންކޮޅެެއް، ކަރާކޮޅެއް ( ކޮންމެ ބާވަތަކުން ކުޑަ އެތިކޮޅެއް ، ކުދިކޮށް ކޮށާފައި)

ޕެވްލޯވާ – ތާޒާމޭވާގެ ރަހައާއެކު ވިރިގެންދާ ފޮނިފޮނި ޖާދޫ/ ފޮޓޯ: ފުރުޓް ފްލައި
ތައްޔާރު ކުރާނެ ގޮތް
އެންމެ ފުރަތަމަ އަވަން 177 ޑިގްރީއަށް ހޫނުކުރަން ޖެހެއެވެ.
ބިސް، މިކްސަރއެއްގައި ގިރާލުމަށްފަހު، ހަކުރު އެއްކޮށް އިތުރަށް ގިރާލާށެވެ. މި މަރުހަލާގައި ފޮނުގަނޑު ރަނގަޅަށް ހަރުވަންދެން ގިރާލުމަކީ މުހިންމު ކަމެކެވެ. ދެން ވެނީލާ އެކްސްޓްރެކްޓް، ކްރީމް އޮފް ޓަރޓަރ އަދި ކޯންސްޓަރޗް އެއްކުރަންވާނެއެވެ.
ފިހެވުމާއި ޒީނަތްތެރިކުރުން
މިކްސްކުރެވުނު ތަކެތި ތަވައެއްގައި ރީތިކޮށް އުނގުޅުމަށްފަހު، 90 މިނިޓު ވަންދެން ފިހަން ބަހައްޓަން ޖެހެއެވެ. ފިހުމަށްފަހު ހިހޫވުމުން، މެދަށް ވިޕް ކްރީމް އަޅައި، ތާޒާ މޭވާއިން ޒީނަތްތެރި ކުރެވިދާނެއެވެ. މިގޮތަށް ތައްޔާރުކުރެވޭ ޕެވްލޯވާއަކީ ރަހައިގައާއި ފެނުމުގައި ވަރަށް މޮޅު ފޮނިކާއެއްޗެކެވެ.

ޕެވްލޯވާ – ތާޒާމޭވާގެ ރަހައާއެކު ވިރިގެންދާ ފޮނިފޮނި ޖާދޫ/ ފޮޓޯ: ފުރުޓް ފްލައި
ސަމާލުކަން ދޭންވީ ކަންތައްތައް: ޕެވްލޯވާ ތައްޔާރުކުރުމުގައި އެންމެ މުހިންމު ކަމަކީ ހޫނުމިނާއި ވަގުތަށް ސަމާލުކަން ދިނުމެވެ. ޒީނަތްތެރި ކުރުމުގައި ބޭނުންކުރާ މޭވާ ވާން.ޖެހޭނީ އެންމެ ތާޒާކޮށް ހުރި މޭވާ ކަމުގައެވެ.

