ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތެއް ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިއުލާންކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުން ދަނީ ގ. ސީވޭވް/މާލެ އެޑްރެހުގައި ދިރިއުޅޭ 24 އަހަރުގެ މުޙައްމަދު ތިބްޔާން ޝަހީން އެވެ. މި މައްސަލައާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގަންނަވާ ފަރާތްތަކުން އެ މަޢުލޫމާތު ހުޅުމާލެ ފޭސް 2 ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9393351 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް ފުލުހުން އެދިފައިވެއެވެ.
މިފަދަ މައްސަލަތައް ތަޙުޤީޤުކުރުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، އެކަމަށްޓަކައި ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި މި މައްސަލައިގައިވެސް ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމުގެ އުންމީދު ފުލުހުން ފާޅުކޮށްފައިވެއެވެ.
ފުލުހުންގެ ތަޙުޤީޤުތަކަށް މަޢުލޫމާތު ހިއްސާކުރާ ފަރާތްތަކުގެ މަޢުލޫމާތު ސިއްރުކުރެވޭނެ ކަމަށް ފުލުހުން ވަނީ ޔަގީންކަން ދީފައެވެ.

