މާލޭގެ ގެއެއްގެ ވެރިފަރާތަށް ބިރުދައްކައި ގެއަށް ގެއްލުންދިން 4 މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ރޭގެ ދަންވަރު 12:45 ހާއިރު ކަމަށާއި ގެއަށް ވަދެ ގެއްލުންދިނުމަށްފަހު، ގޭގެ ވެރިފަރާތަށް އިންޒާރުދީފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު 4 މީހުންނަކީ:
1. މުޙައްމަދު އަފްލާޙް (23 އަހަރު، ރީތިހިޔާ / އއ. މ އއ. މާޅޮސް)
2. އިބްރާހިމް އަޙްނަފް (21 އަހަރު، އެލަސް / ނ. ވެލިދޫ)
3. މުޙައްމަދު އަޛާން (23 އަހަރު، ހަވޭލި / ނ. މަނަދޫ)
4. ޢަލީ ނަވާފު (21 އަހަރު، ފަޒާ / ތ. ގުރައިދޫ)
ފުލުހުން މަޢުލޫމާތު ދެއްވިގޮތުގައި، މި ހަތަރު މީހުންވެސް ހައްޔަރުކޮށްފައިވަނީ ކުށުގެ ވެށިންނެވެ. އަދި މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މި 4 މީހުންގެ ބަންދާމެދު ގޮތެއް ނިންމައި، 15 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރަމުންނެވެ.

