ކ.ގާފަރުގައި 400 ކިލޯވޮޓުގެ އިތުރު ޖަނަރޭޓަރު ސެޓެއް ބަހައްޓައި މިހާރު ކޮމިޝަންކޮށް ބޭނުން ކުރަން ފަށައިފިއެވެ.
މިކަން ހާމަކޮށް ސްޓެލްކޯއިން ކޮށްފައިވާ އެކްސް ޕޯސްޓެއްގައި ބުނީ މި އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ގާފަރުގައި 400 ކިލޯވޮޓުގެ އިތުރު ޖަނަރޭޓަރު ސެޓެއް ބަހައްޓައި މިހާރު ކޮމިޝަންކޮށް ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ. އަދި މީގެ ސަބަބުން ގާފަރުގައި ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ޔަޤީންކަން އިތުރަށް ކަށަވަރުކުރެވި، ރައްޔިތުންނަށް އެކަމުގެ ފަސޭހަތައް ލިބިގެންދާނެ ކަމަށްވެސް އެޕޯސްޓުގައި ވަނީ ބުނެފައެވެ.
“މިއާއިއެކު ގާފަރުގައި ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ޔަޤީންކަން އިތުރަށް ކަށަވަރުކުރެވި، ރައްޔިތުންނަށް އެކަމުގެ ފަސޭހަތައް ލިބިގެންދާނެ،” ސްޓެލްކޯ
މި އައު ޖަނަރޭޓަރު ސެޓް ބެހެއްޓުމާއެކު، ގާފަރުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާވެ، ކަރަންޓު ކެނޑުމުގެ މައްސަލަތައް މަދުވެގެންދިއުމާއެކު ރަށުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ހަރަކާތްތަކަށްވެސް މީގެ ސަބަބުން ފަހިކަން ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

