ފާއިތުވީ ފަސް އަހަރު އެޓާނީ ޖެނެރަލް އޮފީހަށް ހުށަހަޅާފައިވަނީ މަދަނީ 1،637 މައްސަލަ ކަމަށް އެ އޮފީހުން މިއަދު ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއިން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޓާނީ ޖެނެރަލް އޮފީހުގެ ޕާމަނެންޓް ސެކެޓްރީ ސުލްތާނާ ޝާކިރު ވިދާޅުވިގޮތުގައި ފާއިތުވި ފަސް އަހަރު 1600 އަށްވުރެ ގިނަ މައްސަލަ ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން ގިނަ މައްސަލަތައް ނިމިފައިވާ ކަމަށެވެ.
ޖުމްލަ 16 ޤާނޫނީ ވަކީލުން އެޓާނީ ޖެނެރަލް އޮފީހުގައި މަސައްކަތް ކުރައްވާ ކަމަށް ސުލްތާނާ ވަނީ ވިދާޅުވެފައެވެ.
ފަސް އަހަރުތެރޭ 1،637 މައްސަލަ ލިބިފައިވާ ކަމަށާއި މީގެތެރޭގައި 580 މައްސަލައެއް ނިމިފައިވާއިރު، 322 މައްސަލައެއް އަނބުރާ ފޮނުވާލެވިފައިވާ ކަމަށްވެސް ސުލްތާނާ ވިދާޅުވިއެވެ.
ހަމައެއާއެކު ދައުވާ ލިބިފައި 1،065 މައްސަލައެއް ލިބިފައިވާ ކަމަށާއި އޭގެތެރެއިން 362 މައްސަލަ މިހާރަ ނިމިފައިވާ ކަމަށް ސުލްތާނާ ވަނީ ވިދާޅުވެފައެވެ.

