ސިވިލް ސަރވިސް ކޮމިޝަންގެ ނައިބު ރައީސް އިބްރާހިމް ރަޝީދު މަގާމުން ވަކިކުރުުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ޕީއެންސީ ޕީޖީގެ ނައިބު ލީޑަރު ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި މި މައްސަލައިގައި އިއުތިރާޒު ކުރެއްވީ ހަމައެކަނި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް އެވެ.
ސިވިލް ސަރވިސް ކޮމިޝަންގެ ނައިބު ރައީސް އަައްޔަންކޮށްފައިވަނީ ސެޕްޓެމްބަރ 2020 ގައެވެ.
އިބްރާހީމް ރަޝީދަކީ ޗައިނާގެ ސަން ޔަޓް-ސެން ޔުނިވަރސިޓީން ޕަބްލިކް އެޑްމިނިސްޓްރޭޝަނުން މާސްޓަރސް ޑިގްރީ އަދި މައިސޫރު ޔުނިވަރސިޓީން ޕޮލިޓިކަލް ސައިންސް، އިކޮނޮމިކްސް އަދި ސޯޝަލް ސައިންސްގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ
ރަޝީދު ވަނީ ތަޢުލީމީ ދާއިރާގައި 15 އަހަރަށްވުރެ ގިނަ ދުވަހު އިސް މަޤާމުތަކެއް ފުރުއްވާފައެވެ. މީގެ ތެރޭގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ހިއުމަން ރިސޯސް ޑިވިޜަންގެ ޑިރެކްޓަރ ޖެނެރަލް އަދި ސުޕްރިންޓެންޑެންޓް އަދި އަތޮޅުތަކުގެ ސްކޫލްތަކުގެ ޕްރިންސިޕަލް/ހެޑްމާސްޓަރގެ މަގާމުވެސް ފުރުއްވާފައިވާއިރު، މީގެ ކުރިން އޭނާ ވަނީ މުދައްރިސެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވާފައެވެ.

