މާލެ ސަރަހައްދުގައި މިރޭ ގައުމީ ސަލާމަތާ ގުޅުން ހުރި ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.
ފުލުހުން ނެރުނު ރަސްމީ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ފުލުހުންގެ އިންޓެލިޖެންސް ޔުނިޓަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގުޅިގެން 2025 މާރިޗު 10 ވަނަ ދުވަހުގެ ރޭ، މާނައަކީ މިރޭ މާލެސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންދާނެއެވެ.
މި އޮޕަރޭޝަނަކީ ގައުމީ ސަލާމަތާ ގުޅުން ހުރި އޮޕަރޭޝަނެއް ކަމަށް ފުލުހުން ފާހަގަކޮށްފައިވާއިރު، އޮޕަރޭޝަނާ ގުޅޭ އިތުރު މަޢުލޫމާތު ލިބެމުންދާ މިންވަރަކުން އާންމުންނާ ހިއްސާކުރަމުން ގެންދާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
އިތުރު ތަފުސީލު ލިބޭ ވަރަކުން ހިއްސާކުރަމުންދާނެ ވާހަކަ ދަންނަވަމެވެ.

