މާލެ ސަރަހައްދުގައި މިރޭ ގައުމީ ސަލާމަތާ ގުޅުން ހުރި އޮޕަރޭޝަނެއް ކުރިއަށްދާނެ ކަމަށް ބުނެ ފުލުހުން ނެރުނު ބަޔާން ކެންސަލްކޮށްފައެވެ.
ފުލުހުން ބުނީ އެޕޯސްޓު ޑިލީޓުކުރރީ މަޢުލޫމާތު ކަށަވަރުކުރުމުގެ މަސައްކަތް ކުރުމަށްކަމަށާއި އެމައުލޫމާތު ލިބުމުން މީޑިއާއަށް އަދާހަމަކޮށްދޭނެ ކަމަށެވެ.
ކެންސަލްކުރި ބަޔާނުގައި ފުލުހުން ބުނެފައިވަނީ މިއީ “ދިވެހި ފުލުހުންގެ ހިދުމަތާއި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު ގުޅިގެން ގައުމީ ސަލާމަތާ ގުޅުން ހުރި ހާއްސަ އޮޕަރޭޝަނެއް” ކަމަށެވެ. އަދި މި އޮޕަރޭޝަނާ ގުޅޭ މަޢުލޫމާތު ލިބޭ މިންވަރަކުން ހާމަކުރަމުން ގެންދާނެ ކަމަށްވެސް އެޕޯސްޓުގައި ބުންޏެވެ.

