މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ އިން ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.
ހއ. އަތޮޅުން ފެށިގެން އއ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައިވާއިރު، މިއަދު ހެނދުނު 6:30 އިން ފެށިގެން 11:30 އާ ހަމައަށް އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ލަފާ ކުރެއެވެ.
ކުރިއަށް އޮތް ދެ ދުވަހު މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން އިންޒާރު ދީފައިވާއިރު، ދަތުރުފަތުރު ކުރާ ފަރާތްތަކާއި އެންމެހައި ރައްޔިތުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.

