ދިވެހި ފުލުހުންނާއި ދިވެހި ސިފައިން ގުޅިގެން ރޭ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 3 މީހަކު ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަނަކީ ގައުމީ ސަލާމަތާ ގުޅުންހުރި އޮޕަރޭޝަނެއް ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ފެށި މި އޮޕަރޭޝަން ފެށީ ރޭ 11 ޖަހަން ކައިރިވެފައި ވަނިކޮށެވެ.
އަދި މެންދަމުގެ ވަގުތުތަކުގައި ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގައި ތިން މީހަކު ހައްޔަރުކުރި ކަމުގެ މަޢުލޫމާތު ފުލުހުން ވަނީ މެންދަމު 2:15 ގައި ހާމަކޮށްފައެވެ.
"މި އޮޕަރޭޝަން ކުރިއަށް ދިޔަ މިންވަރަކުން، މި އޮޕަރޭޝަނާ ގުޅޭ އިތުރު މަޢުލޫމާތު، ހާމަކުރެވެން އޮތް މިންވަރަކުން ހާމަކުރަމުން ގެންދާނެ،" ފުލުހުން ބުނެފައިވެއެވެ.

