މާލޭގައި ދިރިއުޅެމުން އަންނަ ނ. މަނަދޫ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދަނީ މާލޭގައި ދިރިއުޅެމުން އަންނަ، ނ މަނަދޫ، ރީހުއްސަބާ، އަބްދުﷲ ޝިހާދު (37އ) ނަމަކަށް ކިޔާ މީހެއް ކަމަށެވެ.
ފުލުހުންގެ ރަސްމީ އެކައުންޓުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، އޭނާގެ އެއްވެސް ހަބަރެއް އެންމެ ފަހުން ލިބިފައިވަނީ މި މަހުގެ 8 ވަނަ ދުވަހުގެ ހަވީރު 16:51 ގައެވެ. އޭގެ ފަހުން އޭނާގެ އެއްވެސް ހަބަރެއް ނުވާ ކަމަށް އިއްޔެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވެ އެވެ.
އާއިލާއިން ފުލުހުންނަށް ދީފައިވާ މައުލޫމާތުގައި ބުނީ، ޝިހާދުގެ ފޯނަށްވެސް ނުގުޅޭ ކަމަަށެވެ.
ފުލުހުން ދަނީ ޝިހާދު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ޝިހާދުއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 ނުވަތަ ގަލޮޅު ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

