ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިއުލާންކޮށްފިއެވެ.
މިއީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކުރާ މަސައްކަތެކެވެ.
މި މައްސަލައިގައި ފުލުހުން ހޯދަމުންދަނީ ދަފްތަރު ނަންބަރު ރސ 14057 / މާލޭގެ ޢަލީ ނަޛީރު (42 އަހަރު) އެވެ. އޭނާ ހޯދަމުންދަނީ އޭނާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން މަސައްކަތް ކުރުމުންވެސް ހާޒިރުނުވާތީއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ޢަލީ ނަޛީރު ބަންދުގައި ބަހައްޓައިގެން 2025 މާރިޗު 17 ވަނަ ދުވަހުގެ 11:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
ފުލުހުން ވަނީ މި މައްސަލައިގައި އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. އެގޮތުން ޢަލީ ނަޛީރުއާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގޭ ފަރާތްތަކުން ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި އެ މަޢުލޫމާތު ހިއްސާކޮށްދިނުމަށް ވަނީ އެދިފައެވެ.
މިފަދަ މައްސަލަތަކުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

