ބަލަމުންދާ މައްސަލައަކާއި ގުޅިގެން ފުލުހުން މީހަކު ހޯދަން އިއުލާން ކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުން ހޯދަން އިއުލާން ކޮށްފައި ވަނީ ، ކ. ތުލުސްދޫ، ވައިޓްރޯސް، މުޙައްމަދު ޙަމްދާން (39އ) އެވެ.
ހަމްދާން ހޯދަން އިއުލާންކޮށްފައިވަނީ މ. މުލި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އެންގުމުގެ ގޮތުން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އެހެން ކަމުން ، މިމަހުގެ 18 ވަނަ ދުވަހުގެ 10:00 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ޙަމްދާން ހާޒުރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.

