ނޭވާހިއްލުމަށް ފަރުވާކުރުމަށް ބޭނުންކުރާ ގޭހެކެވެ. މީގައިވަނީ ހަމައެކަނި ވައެކެވެ. (އޮކްސިޖަންއެވެ.) އެވައިން ބަލިމީހާގެ ނޭވާލާ ނިޒާމުގެ ހުޅުވާލަދެއެވެ. އަދި އޭނާއަށް ނޭވާލުމަށް ފަސޭހަވެއެވެ. މިއިން ރޯދައެއް ނުގެއްލޭނެއެވެ. ރޯދަވެރިޔާއަށް މި ބޭނުންކުރެވިދާނެއެވެ. އަދި އޭނާގެ ރޯދަ ޞައްޙަވާނެއެވެ.”
ނޭވާހިއްލާމީހަކަށް އޮކްސިޖަން ގުޅައިގެން މެނުވީ ޤުރުއާން ނުކިޔެވެއެވެ. އޭނާއަށް ރޯދަމަހު ދުވާލު އޮކްސިޖަން ގުޅިދާނެ ހެއްޔެވެ؟
ޖަވާބުގައި ޝައިޚު ވިދާޅުވިއެވެ.
“އޮކްސިޖަން ބޭނުންކުރުން ޟަރޫރީ ޙާލަތެއް ނުވާނަމަ އެންމެ ރަނގަޅީ އޮކްސިޖަން ބޭނުން ނުކުރުމެވެ. ރޯދައަށް ހުރެ އޮކްސިޖަން ގުޅައިގެން މެނުވީ ޤުރުއާން ނުކިޔެވޭނަމަ އޭނާ އެކަންކުރުމަށް އޮކްސިޖަން ގުޅާކަށް ނުޖެހޭނެއެވެ. ނަމަވެސް ބައެއް ބަލިމީހުން ބުނެއެވެ. “އަހަރެންނަށް މި ބޭނުންކުރުން ހުއްޓާލެވޭކަށް ނެތެވެ. އަހަރެން މި ބޭނުން ނުކުރާނަމަ ނޭވާ ނުލެވިދާނެކަމުގެ ބިރު އެބައޮތެވެ.” ފަހެ، އަޅުގަނޑުމެން ބުނަމެވެ. މި ޙާލަތުގައި އޮކްސިޖަން ބޭނުންކުރުމުގައި މައްސަލައެއް ނެތެވެ… މިއީ ނޭވާލާން ފަސޭހަކޮށްދޭ އެއްޗެކެވެ. އެހެންކަމުން މި ބޭނުންކުރުމުގައި މައްސަލައެއް ނެތެވެ. والله أعلم.”
([مجموع فتاوى ورسائل فضيلة الشيخ محمد بن صالح العثيمين (19 / 212 – 213)، السؤال رقم: (163)] ދިސަލަފިއްޔާ

