ރާއްޖޭގެ އެކި ހިސާބުތަކަށް މިރޭ ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.
2025 މާރޗް 12 ވަނަ ދުވަހުގެ ހެނދުނު 06:00 އަށް މެޓުން މޫސުން ލަފާކޮށްފައިވާއިރު މި ވަގުތުތަކުގައި މެދު ރާއްޖެ ތެރެއާއި އުތުުރުގެ ބައެއް ެަރަށްތަކަށް ބޯކޮށް ވަރޭވެހުން އެކަށީގެންވާ ކަމަށް މެޓުން ހާމަކޮށްފައިވެއެވެ.
މެޓުން އިތުރަށް ހާމަކޮށްފައިވަނީ މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ބައި ޖެހޭނެކަމަށާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ.
އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް މެޓުން ލަފާކޮށްފައިވެއެވެ.
މެޓުން ވަނީ މިރޭ 22:00 އިން ފެށިގެން 04:00 އަށް ހއ އަތޮޅުން ފެށިގެން ރ އަތޮޅަށް ހުދު ސަމާލު ނެރެފައެވެ. އަދި މިވަގުތުތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށްފައިވެއެވެ.
މެޓުން ވަނީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

