ހުޅުމާލޭގައި ކުޑަކުދިންތަކެއް މާރާމާރީއެއް ހިންގައި އެއްކުއްޖަކު ޒަހަމްކޮށްލައިފިއެވެ،
ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 ގައި މިރޭ 10:00 ހާއިރު 18 އަހަރުން ދަށުގެ ކުޑަކުދިންތަކެއް ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީއެއް ހިންގާފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.
ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނެފައިވާ ގޮތުގައި މި މާރާމާރީގައި އެތަނުން އެއް ކުއްޖަކަށް ޒަޚަމްވެފައިވެއެވެ.
އަދި މި މައްސަލައާ ގުޅިގެން ދެ ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށާއި، އިތުރު ހަތަރު ކުދިން ހިފަހައްޓާފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ރާއްޖޭގައި ފަހަކަށް އައިސް ކުޑަކުދިންގެ މެދުގައި މިފަދަ މައްސަލަތައް އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ.

