މިފްކޯއިން 30 މަސްދޯންޔަކަށް 5.3 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.
މިފްކޯއިން ބުނެފައިވާގޮތުގައި މި މަހުގެ 11 ވަނަ ދުވަހު ދޯނިތަކުން މިފްކޯގެ ސެންޓަރުތަކަށް ކިރާފައިވާ މަހަށްވާ ފައިސާ މިއަދު ހެނދުނު 10:30 އާއި 13:30 ދެމެދު ޖަމާކުރަމުންދާނެ ކަމަށާއި އެހެން ބޭންކް ޓްރާންސްފާތައް މިއަދު 14:30 ގައި ކުރެވޭނެ ކަމަށެވެ.
އެގޮތުން، މި މަހުގެ 11 ވަނަ ދުވަހު މަސް ކިރި 36 ދޯންޏަކަށް ޖުމްލަ 5،300،314 ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.
މި މަހުގެ 12 ވަނަ ދުވަހު ކިރާފައިވާ މަހަށްވާ ފައިސާ އަދި ނުދެވި ހުރި ކަމަށާއި އެ ފައިސާ މާދަމާ ޖަމާކުރާނެ ކަމަށްވެސް މިފްކޯއިން ވަނީ ވިދާޅުވެފައެވެ.
މަސްވެރިން ކިރާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ އެއް ވައުދުފުޅެކެވެ. ހަމައެއާއެކު، މަސްވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން، މަސްވެރިކަމުގެ ލޯނު ސްކީމްތައް ތަޢާރަފުކޮށް، މަސްވެރިކަމުގެ އާލާތްތައް އަގުހެޔޮކޮށް ލިބޭނެ މަގުވެސް ފަހިކޮށްދީފައިވާކަން ފާހަގަކޮށްލެވެއެވެ.

