ކޮކާކޯލާއަކީ ދުނިޔޭގެ އެންމެ މަޤްބޫލު އެއް ބުއިމެއްކަން ޔަގީނެވެ. އޭގެ ތާޒާކަން ވަރަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެކަމާ ދެކޮޅެއްވެސް ނުހަދަމެވެ. ނަމަވެސް، ކޯކަކީ ހަމައެކަނި ބުއިމެއް ނޫނެވެ. މިއަދުގެ ފަތިސްތަރީގައި މިގެނެސްދެނީ ކޯކް ބޭނުންކޮށްގެން ތައްޔާރުކުރެވޭ ހާއްސަ ސާފު ކުރާ ނުވަތަ ކްލީނަރ އެއް ތައްޔާރުކުރާނެ ގޮތާއި ބޭނުންކުރާނެ ގޮތެވެ.
ބޭނުންވާ ތަކެތި: މި "ކޯކް ކްލީނަރ" ތައްޔާރުކުރުމަށް ބޭނުންވަނީ މާގިނަ އެއްޗެއް ނޫން. އެއީ:
- ކައްކާނެ ތެއްޔެއް
- ސައިބޯނި
- ކުޑަ ކޯކް ފުޅިއެއް
- ސާފު ފެން
- މޭޒުމަތީ ލޮނު (ސަމުސާ)
ތައްޔާރުކުރާނެ ގޮތް
- އެންމެ ފުރަތަމަ ތެއްޔަށް ސައިބޯނި ގާނާލަންވާނެ. ދެން ދެ ތަށްޓާއި ބައި ތަށި ކޯކް، ސައިބޯނި ތެރެއަށް އަޅާ، ދެ ތަށި ފެން އެއަށް އިތުރުކުރަންވާނެ.
- މަޑު ގިނީގައި ކައްކަމުން ދާއިރު، ދޭފަތެއް ބޭނުންކޮށްގެން ރަނގަޅަށް އެއްކުރަންވާނެ.
- ސައިބޯނި އެކުވެ ގިރި ނިމުމުން، އުނދުނުގެ ގިނި މުޅިން މަޑުކޮށް، ބައި ތަށި ފެނަށް ލޮނު ސަމުސާ އަޅަންވާނެ.
- ފެނާއި ލޮނުކޮޅު އެއްކުރުމަށްފަހު، މަޑުމަޑުން ސައިބޯނި ފެން އެއްޗަށް އެއްކުރަމުން، ސަމުސަލުން އެއްވަރުކުރަންވާނެ.

ކަޅުވެ ހަޑިވެފައި ހުރި ތެލިތަކާއި ތަވާ، ސިންކުތައް ސާފުކޮށްލަން މުޖައްރިބު ކޯކް ކްލީނަރ؛
ބޭނުންކުރާނެ ގޮތް:
ކްލީނަރ ތައްޔާރުވުމުން، ތެލީގައި ކައްކާފައި ހުރި ސައިބޯނި ފެން ތަށްޓަކަށް އަޅައި، މަތިޖަހައި ފިނިވަންދެން ބަހައްޓަންވާނެ. ހިހޫވެ ނިމޭއިރު ހުންނާނީ ހަރުވެފައި. މި އެއްޗެހި ބޭނުންކުރާނީ ތެލި ދޮންނަ ސްޕަންޖުގައި އެތިކޮޅެއް ހާކައިގެން.
ފައިދާތައް: މި "ކޯކް ކްލީނަރ" ގެ އެންމެ ބޮޑު ފައިދާއަކީ ބަދިގޭގައި ބޭނުންކުރާ ތެލި، ތަވާ ފަދަ ތަކެތީގައި އަރާފައި ހުންނަ ކަޅު ދަނބަރު ފަސޭހައިން ފިލުވައިލެވުން. އަދި ސިންކު ފަދަ ތަންތަން ވެސް ވަރަށް ފަސޭހައިން ސާފުކުރެވޭ. މީގެ އިތުރުން، އައު އެއްޗެހި ގަތުމުގެ ބަދަލުގައި ބޭނުންކުރަމުންދާ ތަކެތި އައު ފެނުމަކަށް ގެނެވޭ.
ސަމާލުވާންވީ ކަންކަން: މި ކްލީނަރ ތައްޔާރުކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންވާނެ. ހޫނު ތަކެއްޗާ މެދު ސަމާލުވެ، އަތްތިލަ ރައްކާތެރިކުރުމަށް އަންގި ބޭނުންކުރުން މުހިންމެވެ. އަދި ކުޑަކުދިންނާ ދުރުގައި މި މަސައްކަތް ކުރުން ވެސް މުހިންމެވެ.
މި "ކޯކް ކްލީނަރ" އަކީ އަގުހެޔޮ، ފަސޭހައިން ތައްޔާރުކުރެވޭ، އަދި ވަރަށް ފައިދާހުރި އެއްޗެކެވެ. އެންމެ ކޯކް ތަށްޓެއް ގުރުބާންކޮށްގެން މި އަޖުމަ ބައްލަވާލެއްވުމަށް ހުރިހާ ބޭފުޅުންނަށް ވެސް ދަންނަވަމެވެ. ޔަގީނުން ވެސް މި ތަޖުރިބާއިން ލިބޭނެ ހިތްހަމަޖެހުން ވަރަށް ބޮޑުވާނެއެވެ. އަގުބޮޑުކޮށް އައު ތެއްޔާއި ތަވާ ގަތުމަށްވުރެ މިގޮތް ކިހިނެއްވާނެތޯއެވެ! އަޖުމަ ބައްލަވާލާށެވެ. ކޯކް ކްލީނަރ އަކީ މުޖައްރިބު ކްލީނަރ އެއްކަން ޔަގީނެވެ.

