ެޕެންޝަން އޮފީހުގެ ބޯޑް މެމްބަރުންނަށް އަބްދުލް މަޖީދު އަލީ އަދި އަހުމަދު ސަރުވަޝް އާދަމް އައްޔަންކޮށްފިއެވެ.
ޕެންޝަން އޮފީހުން އެކްސްގައި ކުރި ޕޯސްޓެއްގައި ހާމަކުރައްވާފައިވަނީ މި ދެ ބޭފުޅުން ވެސް ބޯޑަށް އައްޔަނުކުރީ ޕްރައިވެޓް ސެކްޓާރ ތަމްސީލުކުރުމުގެ ގޮތުން ކަމަށެވެ. މި ސެކްޓަރ ތަމްސީލުކުރުމުގައި މަޖީދާއި ސަރުވަޝްގެ އިތުރުން އުޒާ މުޒްނާ އަހުމަދު ވެސް ހަަރަކާތްތެރިވެއެވެ.
މަޖީދު ވަނީ މީީގެ ކުރިން ވެސް ޕެންޝަން އޮފީހުގެ ބޯޑް މެމްބަރެއްގެ މަގާމް އަދާކުރައްވާފައެވެ.
އަދި ސަރުވަޝް ވަނީ ފިނޭންސް މިނިސްޓްރީގެ ބަޖެޓު އެގްޒެކެޓިވްގެ މަގާމު އަދާކުރެއްވުމުގެ ކުރިން މީރާގެ ޗެއަމަންގެ މަގާމާއި އެމްއެމްއޭގެ ބޯޑުގައި ވެސް މަސައްކަތްކޮށްފައެވެ.

