މާލޭގައި ކުޑަ ފިރިހެން ކުއްޖަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަަލަން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ފިރިހެނަކު އުމުރުުން 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަަލައެއް ޖެނުއަރީ 27 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނި ނަމަވެސް މި މައްސަލައާ ގުޅޭއިތުރު ތަފްސީލު ފުލުހުން ދީފައެއް ނުވެއެވެ.
މިމައުލޫމާތު ފުލުހުން ހާމަކޮށްފައި މިވަނީ \22 އަހަރުގެ ފިރިހެނަކު، ކުޑަފިރިހެން ކުއްޖެއްގެ ގަޔަށް އިންޖެކްޝަނެއް ޖަހައިގެން، އެކުއްޖާއަށް ޖިންސީގޯނާ ކުރި މަައްސަލައެއް ފެންމަތިވެ، އަޑު ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމަކީ ޤާނޫނީ ގޮތުން ވަރަށް ބޮޑު ކުށަކަށްވީހިނދު، އަދި އަމުދުން އިސްލާމްދީނުގައި ކަނޑައެޅިގެން ބޮޑުވެގެންވާ ފަދައަކުން ހަރާމްކުރައްވާފައިވާ ބޮޑު ފާފައެއް، ރަމަޟާން މަހެއްގެ މެދު 10އެއްގެ ތެރޭ ފާޅުވެ އެނގިއްޖެނަމަ މިއީ ހަގީގަތުގައިވެސް ވަރަށް ބޮޑު މައްސަލައެކެވެ.

