ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާލޭގެ މ. ނާއިންފަރުއާގެ 8 މިލިއަން ރުފިޔާއަށް ނީލަމުގައި ވިއްކާލުމަށް އަލުން އިޢުލާންކޮށްފިއެވެ. މިއީ 792 އަކަފޫޓުގެ ގޯއްޗެއް ކަމަށް ބޭންކުން މަޢުލޫމާތު ދީފައިވެއެވެ.
ބީއެމްއެލްގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ނީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 24 މާރިޗު 2024 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ. މުއްދަތު ހަމަވާ ވަގުތު ހާޒިރުވެ ތިބޭ ފަރާތްތަކުގެ ހާޒިރުގައި ބިޑު ސިޓީތައް ހުޅުވައި، އެންމެ މަތީ އަގު އިޢުލާންކުރެވޭނެ ކަމަށްވެސް ބޭންކުން ބުނެފައިވެއެވެ.
"ކޮންމެ ދުވަހެއްގެ އެންމެ މަތީ އަގު ބޭންކުގެ ވެބްސައިޓުގައި ޝާއިޢުކުރެވޭނެ، އަދި އެންމެ މަތީ އަގަށް ބަދަލެއް ނައިސް، ޖެހިޖެހިގެން 5 ދުވަސް (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި) ވަންދެން އެއް އަގެއްގައި އޮތުމުން ނީލަން ނިންމާލެވޭނެ."ބީއެމްއެލް
މި ނީލަމާ ގުޅޭ އިތުރު މަޢުލޫމާތު ބޭންކް އޮފް މޯލްޑިވްސްގެ ވެބްސައިޓް ބީއެމްއެލް ސައިޓު. އިން ލިބެން ހުންނާނެ ކަމަށް ބޭންކުން އަންގާފައިވެއެވެ.

