މުރަކަ ދިރުވައި، ފަރުތައް އިޢާދަކުރުމަށް އޮސްޓްރޭލިޔާގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ "ރީފްސީޑް" މަޝްރޫޢާއެކު މަރުވެފައިވާ ފަރުތަކަށް ދިރުމެއް ގެނެސްދެވޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރާއްޖޭގައި މުރަކަ ދިރުވުމަށް މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓުން ފެށި "ރީފްސީޑް" މަޝްރޫޢު ރަސްމީކޮށް ފައްޓަވައިދެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުންނެވެ.
ވަޒީރު ވިދާޅުވީ މި ފަދަ މަޝްރޫޢެއް ފެށުމުގެ ބޭނުމަކީ މޫސުމަށް އަންނަ ބަދަލުތަކާއި ދުނިޔެ ހޫނުވުމުގެ ސމުގެ ސަބަބުން ގާ ހުދުވުމާއި ފަރުތައް ނެތިދިއުމުގެ މައްސަލައިން އަރައިގަނެ ފަރުތައް އަލުން އިޢާދަކުރުން ކަމަށެވެ. އެކި ސަބަބުތަކާ ހުރެ މުރަކަ ނެތިގޮސް، ފަރުތައް ހަލާކުވުމުގެ މައްސަލަ އެންމެ ގިނައިން ދިމާވާ އެއް ޤައުމަކީ ރާއްޖެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"އޮސްޓްރޭލިޔާގެ އެހީތެރިކަމާއެކު މި މަޝްރޫޢުގެ ދަށުން މުރަކަ އާލާކުރަން ބޭނުންކުރެވޭނީ ވަރަށް ފަސޭހަ ނިޒާމެއް. ޒަމާނީ ޓެކްނޮލޮޖީއާއެކު އިފްތިތާޙުކުރެވޭ މިފަދަ ނިޒާމަކަށް ޒުވާނުންގެވެސް ޝައުގުވެރިކަން ހުންނާނެ. އަޅުގަނޑު ދަންނަވާނީ މި ޕްރޮޖެކްޓާއެކީގައި މަރުވަމުންދާ ފަރުތަކަށް ދިރުމެއް ހޯދައިދެވޭނެ،" ވަޒީރު ޝިޔާމް
"ރީފްސީޑް" މަޝސީޑް" މަޝްރޫޢަކީ މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްއާއި އޮސްޓްރޭލިއަން އިންސްޓިޓިއުޓް ފޮރ މެރިން ސައިންސްގެ އިތުރުން ކޮމަންވެލްތް ސައިންޓިފިކް އެންޑް އިންޑަސްޓްރިއަލް ރިސާރޗް އޯގަނައިޒޭޝަނާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. 3 އަހަރު ދުވަހުގެ މި މަޝްރޫޢަށް 1.5 މިލިޔަން ޑޮލަރު ހޭދަވާނެއެވެ.
ވަޒީރު ވިދާޅުވީ މުރަކަ ދިރުވައި އާލާކޮށް، ފަރުތައް އިޢާދަކުރުމުގެ މަސައްކަތަށް މި ސަރުކާރުން ޚާއްސަ ސަމާލުކަމެއްދެއްވާނެ ކަމަށެވެ. އެ ގޮތުން މި މަޝްރޫޢުގެ ދަށުން އޮސްޓްރޭލިޔާގެ މެރިން ސައިންސް އިންސްޓިޓިއުޓްއިން 5 ދިވެހި ޒުވާނަކު މި ދާއިރާއިން ތަމްރީންކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

