ހުވަދު އަތޮޅު ދެކުނުބުރީ ފިޔޯރީގެ ފަޅުތެރެއިން މާވަހަރެއް ހޯދައިފިއެވެ.
ފިޔޯރީގެ ފަޅުތެރެއިން މި މާވަހަރު ހޮވީ އެރަށު މީހަކާ ކައިވެނިކޮށްގެން އެރަށުގައި ދިރިއުޅޭ، ފަރެސްމާތޮޑާގެ ޒުވާނެކެވެ. މިޒުވާނާއަށް މާވަހަރު ފެނުނީ ފިޔޯރީ އައިސްޕްލާންޓާ ދިމާލުން ފަޅުތެރެއިންނެވެ.
މިއަދު ހެނދުނު 6 އެއް ޖެހި ވަގުތު، ފަރެސްމާތޮޑާގެ ޒުވާނާ އޭނާގެ ލޯންޗު ޖެޓީގައި އަޅަން އުޅުމުގެ ތެރޭ ފަޅުތެރެއިންނެވެ. ޒުވާނާގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މާވަހަރުގެ ބަރުދަނުގައި ހުރީ 300 ގުރާމެވެ.

މާވަހަރު ހޮވި ޒުވާނާ
ތަޖުރިބާހުރި ގިނަ މީހުން ބުނާ ގޮތުގައި އެއީ މާވަހަރެކެވެ. މިހާރު އެއީ ކޮންކަހަލަ މާވަހަރެއްތޯއާއި އެހެންވެސް މުހިންމު ތަހުލީލުތައް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
މީގެ ކުރިން ގދ ފިޔޯރީގެ ފަޅުތެރެއިން މިގޮތަށް މާވަހަރެއް ފެނިފައެއް ނުވެއެވެ. އެހެންކަމުން މިއީ ވަރަށްވެސް ތާރީހީ ކަމެއްކަން ގައިމެވެ.

