ކަށިކޭލަކީ ދިވެހީންގެ މެދުގައި ވަރަށް މަގުބޫލު އެއްޗެކެވެ. ކަށިކޭލުން އެކި ބާވަތްބާތުގެ ފޮނިކާއެއްޗެހި ހަދާލުމަކީ ވަރަށް ގިނަ މީހުން ކޮށްއުޅޭކަމެކެވެ.
މިއަދު މި ކިޔައިދެނީ ކަށިކޭލުގައި ހަލުވާ ހަދާނެގޮތެވެ.
ބޭނުންވާ ތަކެތި:
- 4 ވަށް ކަށިކެޔޮ ( ކޮށާފައި )
- 2 ދަޅުގެރިކިރު
- 2 ސަމުސާ ހަކުރު
- 4 ސަމުސާ ޒުވާރި ފުށް
- 5 ޖޯޑު ފެން
- 2 ސަމްސާ ކެށޫ ނަޓް ( މުގުރާފައި )
ތައްޔާރު ކުރާނެ ގޮތް:
ކޮށާފައި ހުރި ކަށިކެޔޮ މިކްސަރަށް އެޅުމަށް ފަހު ފެނާއި ހަކުރު އަޅައި ރަގަނޅަށް ގިރާލާފައި ފުރޭންޏަކުން ރަގަޅަށް ފުރޭނުމަށް ފަހު ތެއްޔަކަށް އަޅައި ރަގަނޅަށް ކައްކާލާށެވެ.
ތަށްޓަކަށް ޒުވާރިފުށް އަޅާފައި ކުޑަފެންފޮދެއް އަޅައި ގިރާލުމަށްފަހު މަޑުމަޑުން ކެކިކެކި ހުރި ކަށިކެޔޮ ފެނުގެ އަޅާފައި އޮލަ ވަންދެން ކައްކާލާށެވެ.
ދެން ފޮނި ރަހަ ހެޔޮވަރުވާވަރަށް ގެރިކިރު އަޅާލުމަށް ފަހު ކެށޫނަޓް އަޅާފައި ކުޑަކޮށް ކައްކާލާށެވެ.
އެންމެ ފުރަތަމަ ކޮށާފައި ހުރި ކަށިކެޔޮ މިކްސަރަށް އަޅައި، ފެނާއި ހަކުރު އެއްކޮށްލުމަށްފަހު ރަނގަޅަށް ގިރާލަންވާނެއެވެ. އޭގެ ފަހުން ފުރޭންޏަކުން ރަނގަޅަށް ފުރޭނުމަށްފަހު ތެއްޔަކަށް އަޅައި ރަނގަޅަށް ކައްކަންވާނެއެވެ.
ތަށްޓަކަށް ޒުވާރި ފުށް އަޅައި، ކުޑަ ފެންފޮދެއް އަޅައި ގިރާލުމަށްފަހު، ކެކިކެކި ހުރި ކަށިކެޔޮ ފެން މަޑުމަޑުން އަޅަމުން ގެންދަންވާނެއެވެ. މިގޮތަށް އޮލަ ވަންދެން ކައްކަންވާނެއެވެ.
ދެން ފޮނިރަހަ ހެޔޮވަރުވާ މިންވަރަށް ގެރިކިރު އަޅައި، ކެށޫނަޓް އެއްކޮށްލުމަށްފަހު ކުޑަ ވަގުތުކޮޅަކަށް ކައްކާލަންވާނެއެވެ.
މިއީ ރޯދަވީއްލުމަށް ވަރަށް މީރު އަދި ފަސޭހައިން ތައްޔާރުކޮށްލެވޭނެ ފޮނިކާއެއްޗެކެވެ.

