އެއްވެސް މީހަކު އަމިއްލަ ނަމާއި އަމިއްލަ މަގާމާއި މީހުންގެ މެދުގައި އޭނާއަށް ލިބިފައިވާ ގަދަރު ނެތިގެން ހިނގައިދާނެތީ އަމިއްލަ ބަނޑުގައި ނުވަމަހު ގެންގުޅުނު ތިމާގެ އުފަން ދަރިފުޅު ތިމާގެ ދަރިއެއްގެ ބަދަލުގައި އެއީ ތިމަންނާގެ އެއްބަނޑު އެއްބަފާ ކޮއްކޮއޭ ބުނެ އެންމެނަށް ތައާރަފް ކޮށްދޭން ކެރިދާނެބާވައެވެ.
އަދި ދެން އެވަރުންވެސް ހިތްހަމަޖައްސަ ރަހުމު ކުޑަ ގޮތަކަށް އެ ދަރިފުޅު މަރާލަފާނެބާވައެވެ. އަދި މަރާލުމަށްފަހު އެ ހަށިގަނޑު އަންދައި ފަޅު ޖަންގައްޔަކަށް ދޫކޮށްލާފައި އައިސް ހަމަޖެހޭ އުފާވެރި ދިރިއުޅުމެއްގައި، އުޅެފާނެ ބާވައެވެ.
މިއީ 2012 ވަނަ އަހަރު އެއްރޭ ޝީނާ ބޯރާ ވީނުވީ ތަނެއް ނޭނގި ގެއްލުނު ވާހަކައިން އުފަންވި ހަގީގަތެކެވެ.
3 އަހަރުވީއިރު ޝީނާ ކޮބައިތޯ ބަލާލި މީހަކުވެސް ނެތެވެ. ކުއްލިއަކަށް ޒުވާން އަންހެންކުއްޖަކު ގެއްލުނީއެވެ.
އަދި 3 އަހަރު ފަހުން އެ އަންހެންކުއްޖާ ގެއްލުނީ ނޫންކަމަށާއި މަރާލީ ކަމަށް ސިއްރު މައުލޫމާތަކަށް ހައްޔަރު ކުރާ އިންދިރާނީ މުކަރްޖާ ގެ ހާއްސަ ޑްރައިވަރުގ ފަރާތުން އެނގުނެވެ.
އަދި ދެން އެހިސާބުން އިންޑިޔާގެ އެންމެ ވަރުގަދަ މީޑިޔާ ޓައިކޫން އިންދިރާނީ މުކަރްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ތަހުގީގު ފެށްޓިއެވެ. ހަމަ ފަސްފަހަތުން އިންދިރާނީގެ ފިރިމީހާ މީޑިޔާ ޓައިކޫން މަޝްހޫރު ސްޓާރ މީޑިޔާގެ ކުރީގެ ވެރިފަރާތް ވެސް ފުލުހުންގެ ހައްޔަރަށް ގެންދިޔައެެވެ. ބަލަބަލައި ތިއްބާ ކުރީގެ ފިރިމީހާ ވެސް ގެންދިޔައީއެވެ.
އޭރު މުޅި ދުނިޔެއަށްވެސް އެނގިގައި އޮތީ ޝީނާ ބޯރާއަކީ އިންދިރާނީގެ ކޮއްކޮގެ ގޮތުގައެވެ. އަދި އެއީ ޔަތީމު އަރީބު ކުއްޖެއް ގޮތުގައެވެ.
އަދި ދެން މިހިސާބުން މުޅި ދުނިޔެ ސިއްސުވާލީ ޝީނާ ބޯރާގެ ހަގީގަތެވެ. އެ މައުސޫމު މޫނުމަތިން ފެންނަ ހިނިތުންވުމުގެ ފަހަތުގައި ފޮރުވައިވާ ނޭނގޭ ރިހުމާއި ވޭނުގެ އަސްލު ހާމަވެގެންދިޔަ ހަގީގަތް، ޝީނާ އަކީ އިންދިރާނީގެ ކޮއްކޮ ނޫންކަމާއި އެއީ އިންދިރާނީގެ މާޒީގައި ވަޅުލާފައިވާ ބޮޑު ސިއްރެއްކަން އެނގިހާމަވެގެން ދިޔައެވެ. ޝީނާއަކީ އިންދިރާނީގެ ކޮއްކޮއެއް ނޫނެވެ. އެއީ އިންދިރާނީ، ރަށްފުށުގެ އަވަށުގެ އާދައިގެ ދިރިއުޅުން ދޫކޮށް ދިއްްލީ، ބޮމްބޭ ފަދަ ޝަހަރުތަކުގެ އަލިކަމަށް ވާން، ގުއާޓީ ދޫކޮށްލިއިރު އޭނާގެ މުސްކުޅި މަންމައާއި ބައްްޕަގެ އަތްމައްޗަށް ދޫކޮށްލި ދެ ދަރިންގެ ތެރެއިން ދޮށީ އަންހެންދަރިފުޅެވެ..
2012 ވަނަ އަހަރުގެ އޭޕްރީލް މަހު ޝީނާ ކުއްލިއަކަށް ގެއްލުނެވެ. އިންދިރާނީ ބުނެފައިވަނީ ޝީނާ އެމެރިކާއަށް ކިޔަވަން ގޮސްފައިވާ ކަމަށެވެ.
2015 ވަނަ އަހަރު އިންދިރާނީގެ ކުރީގެ ޑްރައިވަރު ޝިޔާމްވަރު ރާއީ ހައްޔަރުކުރެވުމާއެކު މައްސަލައިގެ ސިއްރު ހާމަވިއެވެ. އޭނާގެ އިޢުތިރާފުން އެނގުނު ގޮތުގައި އިންދިރާނީ އާއި އޭނާގެ ދެވަނަ ފިރިމީހާ ސަންޖީވް ޚާންނާ އަދި ރާއީ ގުޅިގެން ޝީނާ މަރާލާފައިވެއެވެ. އޭނާގެ ހަށިގަނޑު އަންދާލުމަށްފަހު ރައިގަޑްގައި ވަޅުލާފައިވެއެވެ.
މި މައްސަލައިގެ ތަޙުޤީޤުން ހާމަވި ގޮތުގައި ޝީނާ މަރާލުމުގެ މައިގަނޑު ސަބަބަކީ އާއިލާގެ މުދަލާއި ގުޅޭ ދަހިވެތިކަމެވެ. 2022 ގައި އިންދިރާނީ އާއި ސަންޖީވް ޚާންނާ މި މައްސަލައިގައި ކުށްވެރިވިއެވެ. މި މައްސަލައިން ދައްކުވައިދެނީ އާއިލީ ގުޅުންތަކުގެ ނުބައި ފަރާތާއި، އިޖްތިމާޢީ އަދި ޤާނޫނީ ނިޒާމުތަކުގެ ބަލިކަށިކަމެވެ.
ޝީނާ ބޯރާ މައްސަލައިން އަޅުގަނޑުމެންނަށް ލިބުނު އެންމެ މުހިންމު ފިލާވަޅުތަކުގެ ތެރޭގައި އާއިލީ ގުޅުންތަކުގެ ނާޒުކުކަމާއި، މާލީ ދަހިވެތިކަމުގެ ނުރައްކާތެރިކަން ހިމެނެއެވެ. މީގެ އިތުރުން، ޢަދުލު އިންސާފު ޤާއިމުކުރުމަށް ހަރުދަނާ ޤާނޫނީ ނިޒާމެއްގެ މުހިންމުކަން މި މައްސަލައިން ފާހަގަކުރެވެއެވެ.
މި މައްސަލައިގައި މީޑިއާގެ ދައުރާއި، ފޮރެންސިކް ހެކިތަކާއި ހެކިބަސްދޭ މީހުންގެ މުހިންމުކަން ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ. އަދި އިންޑިއާގެ މުޖުތަމަޢުގައި ހުރި އިޖްތިމާޢީ މައްސަލަތައް، ޚާއްޞަކޮށް އަންހެނުންނާމެދު ކުރެވޭ އަނިޔާތައް މި މައްސަލައިން ހާމަވެގެން ދިޔައެވެ.
މިއީ އިންޑިއާގެ ޖިނާއީ ތާރީޚުގައި ވަރަށް މުހިންމު މައްސަލައެއް ކަމަށްވެފައި، މި މައްސަލައިން ލިބުނު ފިލާވަޅުތަކުން މުޖުތަމަޢު ހަރުދަނާކޮށް، މުސްތަޤުބަލުގައި މިފަދަ ހިތާމަވެރި ހާދިސާތައް ހުއްޓުވުމަށް މަގުފަހިވާނެކަމަށް އުންމީދުކުރެވެއެވެ. ޢަދުލު އިންސާފު ހޯދުމަށް ކެތްތެރިކަމާއެކު މަސައްކަތްކުރުމުގެ މުހިންމުކަން މިޚާއިލް ބޯރާގެ ދެމިހުރުމުން ދައްކުވައިދެއެވެ.

ނެޓްފްލިކްސް އަށް އައި ޑޮކިއުމަންޓަރީ ސީރީޒް "ދި އިންދިރާނީ މުކަރްޖާ ސްޓޯރީ: ބަރީޑް ޓުރުތު" ގައި މިކޭސްގެ ތަފްސީލު ނުހަނު ހާމަކަންބޮޑު ގޮތަަށް ވަނީ ގެނެސްދީފައެވެ.
މި ޑޮކިއުމެންޓްރީ ސީރީޒް ނެޓްފްލިކްސްއިން ރިލީޒްކުރީ ބޮމްބޭ ހައި ކޯޓުން އެ ސިލްސިލާ ސްޓްރީމް ކުރުމާ ދެކޮޅަށް ސީބީއައިއިން ހުށަހެޅި މައްސަލަ ބޭރުކޮށްލުމުންނެވެ. ޝީނާ ބޯރާ މަރާލި މައްސަލާގައި 2015 ވަނަ އަހަރު އިންދްރާނީ މުކަރްޖީ ހައްޔަރުކޮށް 2022 ވަނަ އަހަރު ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ.
އާ ވާހަކަތަކާއި ހީވެސް ނުކުރާ ފަދަ އެކްސެސްތަކެއް ހިމެނޭ މި ޑޮކިއުސީރީތަކުގައި އުމުރުން 25 އަހަރުގެ ޝީނާ ބޯރާ ގެއްލުނު ހާދިސާއާއި އޭގެ ފަހުން ދިމާވި ހިތާމަވެރި ހާދިސާތައް ދައްކުވައިދެ އެވެ. ޝީނާ ބޯރާގެ މަރާ ގުޅިގެން މީޑިއާގައި ވަނީ އަޑުގުގުމާފަ އެވެ.

