ކެންސަރަށް މަގުފަހިވާ މާއްދާއެއް އެކުލެވޭތީ އެމެރިކާގައި އާންމުކޮށް ބޭނުންކުރާ ހަމުގެ ކްރީމްތަކެއް ވިއްކުން މަނާކޮށްފިއެވެ.
ކެންސަރަށް މަގުފަހިވެދާނެ ކެމިކަލްއެއް ކަމަށްވާ ބެންޒީން މަތީ މިންވަރަކަށް އެކުލެވޭތީ، މަޝްހޫރު ސްކިންކެއަރ ބްރޭންޑްތައް ކަމަށްވާ، ވޯލްގްރީންސް، ލަ ރޯޝް-ޕޮސޭ އަދި ޕްރޯއެކްޓިވް ފަދަ މަޝްހޫރު ބްރޭންޑްތަކުގެ ހަމުގެ ކްރީމްތަކާއި، ކްލެންސަރތައް ވިއްކުން ވަނީ ވަގުތީ ގޮތުން ހުއްޓުވާފައި ކަމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވެއެވެ.
އެގޮތުން، ވިއްކުން މަނާކޮށްފައިވާ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ:
- ވޯލްގްރީންސް އެކްނީ ކޮންޓްރޯލް ކްލެންސަރ
- ޕްރޯއެކްޓިވް ސްކިން ސްމޫދިން އެކްސްފޯލިއޭޓާ
- އެސްއެލްއެމްޑީ ބެންޒޯއިލް ޕެރޮކްސައިޑް އެކްނީ ލޯޝަން
- ލަ ރޯޝް-ޕޮސޭ އެފަކްލާ ޑުއޯ ޑުއަލް އެކްޝަން އެކްނީ ޓްރީޓްމަންޓް
- ވޯލްގްރީންސް ޓިންްޓެޑް އެކްނީ ޓްރީޓްމެންޓް ކްރީމް
އެމެރިކާގެ ސެންޓަރސް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނާ ގޮތުގައި ބެންޒީންއަކީ ޑިޓާޖެންޓް، ޑައި އަދި ބޭސް ފަދަ ތަކެތި އުފެއްދުމަށް އެމެރިކާގައި ބޭނުންކުރަމުން އަންނަ ކެމިކަލްއެކެވެ.
މިކަމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ވަނީ އިތުރު ތަހުލީތަކެއް ކުރަމުން އަންނަ އިރު، ފިހާރަތަކުންނާއި އޮންލައިންކޮށް މި ބާވަތްތައް ވިއްކުން ހުއްޓާލައި، މި ބާވަތްތަށް ނެގުމަށް އެފްޑީއޭ އިން ވަނީ އެދިފައެވެ.

