ދިވެހިންގެ އެހީގައި ޕާކިސްތާނުގައި އެޅި 32 ގެއެއް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ޕާކިސްތާނުގެ އާއިލާތަކާއި ހަވާލުކޮށްފިއެވެ.
2022 ވަނަ އަހަރު ޕާކިސްތާނުގައި ހިނގި ފެން ބޮޑުވުމުގެ ކާރިސާއެއްގައި ގެދޮރު ގެއްލި ހާލުގައި ޖެހުނު އާއިލާތަކަށް ދިވެހިންގެ އެހީގައި ބިނާކޮށްދިން ގެތައް އެ އާއިލާތަކާއި ހަވާލުކޮށްފައިވާ ކަމަށް އައިއޭސީ އިން ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވެއެެވެ.
2016 ވަނަ އަހަރު އިންޓަނޭޝަނަލް އެއިޑް ކެމްޕޭން އިފްތިތާހު ކުރެވުމަށްފަހު، އެ ޖަމިއްޔާއިން ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން، މިހާރު ފަލަސްތީނުގެ އައްޒާގައި ހިނގަމުންދާ އުދުވާނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް އެ ޖަމިއްޔާ އިން އަންނަނީ ކުރަމުންނެވެ.

