ޕީއެސްއެމުން މި އަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށްގެން ގެނެސްދެމުންދާ "އިޙްސާސް" ޕްރޮގްރާމުގައި ބައިވެރިވި އަޙްމަދު އަލީފަށް ޕްރޮގްރާމުގެ ސްޕޮންސަރެއް ކަމަށްވާ އެސިސްޓެޑް ލިވިންގ އިން ވަނީ ޚާއްސަ ދުއްވާ ގޮނޑިއެއް ހަދިޔާކޮށްފައެވެ.
ޓީވީއެމުން މި ރަމަޟާން މަހު ގެނެސްދޭ އިޙްސާސް ޕްރޮގްރާމުގެ ތިންވަނަ އެޕިސޯޑުގައި ފީޗަރ ކުރެވުނު އަޙްމަދު އަލީފަކީ ހިނގުމުން މަޙުރޫމްވެފައިވާ އަދި ވާހަކަދެއްކުމުގައި އުނދަގޫތަކެއް ހުރި ޒުވާނެކެވެ. އޭނާއަށް ހަދިޔާކުރެވުނު ގޮނޑީގައި ވަކި ފަރާތަކަށް އެނބުރުމުގެ ކުރިން ސިގްނަލް ދިނުމުގެ ނިޒާމާއި ކުރިއަށް އަލިކުރުމަށް ލައިޓެއް ހަރުކުރެވިފައިވާކަން ފާހަގަކުރެވެއެވެ.

އިޙްސާސް" ޕްރޮގުރާމުގައި ބައިވެރިވި އަޙްމަދު އަލީފަށްލިބުނީ އުފާވާފަދަ ބޮޑު ހަދިޔާއެއް
އަލީފަކީ ދިމާވެފައިވާ ގޮންޖެހުންތަކާ އެކުވެސް ތަޢުލީމީ ދާއިރާއިން ކުރިއަށްދިއުމަށް މަސައްކަތްކުރާ ޒުވާނެކެވެ. އެގޮތުން އޭނާ ވަނީ އެމްއައި ކޮލެޖުން ތަޢުލީމު ޙާސިލުކޮށްފައެވެ.
މިވަގުތު އަލީފް ވަނީ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއްގައި މަސައްކަތްކުރަމުންނެވެ. މިކަމުން އޭނާގެ އިޖްތިމާޢީ ޚިދުމަތުގެ ރޫހާއި މުޖުތަމަޢުއަށް ޚިދުމަތްކުރުމުގެ ޝައުޤުވެރިކަން ހާމަވެގެންދެއެވެ.
އިޙްސާސް ޕްރޮގްރާމަކީ މުޖުތަމަޢުގެ އެކި ދާއިރާތަކުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާ ފަރާތްތަކުގެ ވާހަކަ ހިއްސާކޮށް، އެފަދަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދޭ ޕްރޮގްރާމެކެވެ.

