ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ ހެޔޮ ދުޢާއާއި ތަޙްނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވައިފިއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ “މިބަރަކާތްތެރި ރޭތަކުގެ ހެޔޮ ދަރުމައާއި ޘަވާބު އަޅަމެންނަށް ދެއްވުމަށާއި ފާފަ ފުއްސެވުމާއި ދިންނެވުން” އެދިވަޑައިގެން ދުޢާކުރައްވާފައެވެ. އަދި މީގެއިތުރުން، މިމައްސަރުގައި ލައްވާފައިވާ ބަރަކާތްތެރި ލައިލަތުލް ޤަދުރިވިލޭރޭގެ މަތިވެރި ނިޢުމަތް އެންމެހާ ރައްޔިތުންނަށް މިންވަރުކުރެއްވުން އެދިވެސް ވަނީ ދުޢާކުރައްވާފައެވެ.
“ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ ހެޔޮ ދުޢާ ތަހްނިޔާ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން. މާތް ﷲ މި ބަރަކާތްތެރި ރޭ ތަކުގެ ހެޔޮ ދަރުމަޔާއި ޡަވާބު އަޅަމެން އެންމެނަށް ލަށްވާށި! ލައިލަތުލް ޤަދްރީގެ މަތިވެރި ނިޢުމަތް އަޅަމެން އެންމެނަށް ދެއްވަވާށި! އާމީން!
اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي،” ރައީސް ޑރ މުއިއްޒު
ރަމަޟާން މަހުގެ ފަހު ދިހައިގެ މުހިންމުކަން ފާހަގަކުރައްވައި، ސަރުކާރުގެ މުވައްޒަފުންނަށް ފަހު ދިހައިގެ ބަރަކާތް ލިބިގަތުމަށް ފަސޭހަވާނެ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ފަހު ދިހައެއް ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސަވާފައެވެ.

