ދާދި އަވަހަށް ތިބާގެ ހަށިގަނޑުވެސް ގެންދާތަން މީހުންބަލަން ތިބޭނެކަން ހަނދާނަށް ގެނައުން ހުއްޓެވެ.
ދާދި އަވަހަށް ތިބާގެ ހަށިގަނޑުވެސް ގެންދާތަން މީހުން ބަލަންތިބޭނެކަން ހަނދާންނަށް ގެނައުންހުއްޓެވެ!
ނަމަވެސް އެފަދަ ނިމުމެއް އޭނާގެ އިންތިޒާރުގައި މަޑުކޮށްގެން އޮތްކަން އޭނާ ހަނދާނެއް ނެތެވެ.
ކޮންމެއަކަސް މަރު އިންސާނާގެ ގާތަށް އަންނަ ހިނދު މިޙަޔާތުގެ ހުރިހާ ޙަޤީޤަތެއް ކުއްލިއަކަށް ގެއްލިގެންދެއެވެ. އެއަށްފަހު މިބިންމައްޗަކުން ތިބާ ޙަޔާތުގެ މާޒީގައި ހޭދަކުރި ހެޔޮދުވަސްތައް ހަނދުމަކުރާނޭ ފަރާތެއް ނުވާނެތެވެ.
ވީމާ، މިހާރު ތިބާއަށް ކުރެވެން ހުރި ހުރިހާ ކަމަކާމެދު ވިސްނާށެވެ! ތިބާއަށް މިހާރު އެސްފިޔަ ޖަހާލެވިދާނެއެވެ. ތިބާއަށް އެއްތަނުން އަނެއްތަނަށް ހެލިފެލިވެވިދާނެއެވެ.
ވާހަކަ ދެއްކުމާއި ހުނުމާ ސަމާސާކުރުމާއި މިއެންމެހައި ހަށިގަނޑުގެ ޙަރަކާތްތަކާއި ދިރުމެއް ތިބާގެ ހަށިގަނޑުން ނެތިކޮށްލާނެ އެއްޗަކީ ހަމަ މަރެވެ.
ވީހިނދު މަރުވުމަށްމަށްފަހު ތިބާ ތިޔަފަޚުރުވެރިވާ ނުވަތަ ރިވެތި ސޫރައެއްގައި ރިވެތި ބައްޓަމަކަށް ބަހައްޓަން ދެއިރު ދެ ދަޅަޔަށް ކަސްރަތުކުރާ ހަށިގަނޑުގެ ވަނާތަކާއި ރިވެތި ބުރުސޫރައަށް މަރުވުމަށްފަހު ވާނެގޮތާމެދު ވިސްނާލިންތޯއެވެ.؟
ތިބާގެ ހަށިގަނޑު އެންމެފަހުގެ ނޭވާ ދޫކުރުމާއެކު ތިބާވެގެންދާނީ ދިރުމެއްނެތް އުކާލުމަށް ބާއްވާފައި އޮތް ނުބައިވަސްދުވާ މުޅަމަސްގަނޑަކަށެވެ. ފުރާނަ ދިއުމުން ތިބާގެ ޙަރަކާތް ހުސްވެފައިވާ ހަށިގަނޑު ސަހަރާއަށް ގެންދެވޭނެތެވެ.
އެތާނގައި އެންމެ ފަހުފަހަރަށް ތިބާގެ ހަށިގަނޑު ބަޔަކު ދޮންނާނެއެވެ. އެއަށްފަހު ތިބާގެ ހަށިގަނޑު ކަފުނުން ނިވާކޮށްލުމަށްފަހު ސަންދޯކުގައި ވަޅުލުމަށް ޚާއްޞަކުރެވިފައިވާ ތަނަށް ގެންދެވޭނެއެވެ. އަދި ތިބާ ވަޅުލުމަށް ޚާއްޞަކުރެވިފައިވާ ހަނިވަޅުގަނޑުގެ ތެރެއަށް ލުމާއެކު ތިބާގެ އަނބިދަރިންނާއި ގާތްތިމާގެ މީހުންނާއި އަދި އެވަގުތު އެތާގައި ތިބި ބަޔަކު އަވަހަށް ވެލިއަޅާ ފޮރުވާލާނެތެވެ. މިހިސާބުން ތިބާގެ ޙަޔާތުގެ ފަތްފުއްތައް ލެއްޕި ތިބާގެވާހަކަ ނިމުނީއެވެ.
ދެން ހަމައެކަނި ތިބާ ދުނިޔޭގައި އުޅުނުމީހެއްކަން އަންގައިދޭނެ އެއްޗަކީ ތިބާ ވަޅުލުމަށްފަހު އެފަސްފުނި މަތީގައި ޖަހާފައި ހުންނަ ތިބާގެ ނަމާއި ޢުމުރު އަންގައިދޭ 2 ނުވަތަ 4 އިންޗީގެ ފިލާކޮޅެކެވެ. އަދި ކުޑަ ދުވަސްކޮޅަކަށްފަހު ވާރެއާއި އަވިދިނުމުގެ ސަބަބުން ދާދި އިސާހިތަކުން އެއްކަލަ ފިލާކޮޅުގައި ލިޔެފައިވާނަން ފަޑުވެގެންގޮސް އެފިލާކޮޅުވެސް އެހުރިތަނަށް ވީރާނާވެގެންދެއެވެ. އެހިސާބުން ތިބާގެހަދާންތައްވެސް ތިބާދެކެ އެންމެ ލޯބިވީމީހުންގެ ހިތްތަކުންވެސް ފަޑުވަމުންގޮސް ނެތިދާނެއެވެ. ފަހަރެއްގައި ތިބާވަޅުލަތާ މަދުދުވަސްކޮޅެއް ވަންދެން ނުވަތަ ދެތިން އަހަރުވަންދެން ދަރިންނާއިލޯބިވެރިން ތިބާގެ މަގުބަރާއަށް ޒިޔާރަތްކުރާނެތެވެ.
ތިބާ މަރުވުމަށްފަހު ތިބާގެ އެންމެ ގާތް މީހުންކަމުގައި ވި އަނބިންނާއި ދަރިން އަދި މައިންބަފައިން އަދި ގާތްތިމާގެމީހުންވެސް ކުޑަވަގުތުކޮޅަކަށް ހިތާމައިގެ ކަރުނަ އޮއްސައެވެ. ނަމަވެސް
ނަމަވެސް ތިބާގެ ހަށިގަނޑު ވަޅުލުމުގެ ރަސްމިއްޔާތު ތިބާ އެ އެކަނި ވެރި ދިރުމެއްނުވާ ދިރިހުރި އެކަކުވެސް ވަންނަން ބޭނުންނުވާ އެގަބުރުސްތާނުގެ އެކަނިވެރިކަމާއި އަނދިރިކަމުގެ ތެރެއަށް ތިބާ އެކަނި ދޫކޮށްލުމަށްފަހު ގެއަށް އާދެއެވެ. މާގިނަ ދުވަހެއްނުވަނީސް ތިބާ ދުނިޔޭގައި އުޅުނުއިރު ކުރި ބުރަ މަސައްކަތުން ހޯދާފައިވާ ރީތި ހެދުންތަކާއި، ފަޓުލޫނުތައް އަދި ބޫޓުތައްވެސް ބަހާލެވެއެވެ.
އަދި ތިބާ ޚާއްޞަ ޙަފްލާތަކަށް ލުމަށްޓަކައި ހޯދާފައިވާ ރީތި ހެދުންތަކާއި އަގުބޮޑު ގަހަނާތައް ބަހާލެވެއެވެ. ނުވަތަ އުކާލެއެވެ. އަދި އެމީހެއްގެ އުފަލާއި ހިތްހަމަޖެހުންހޯދުމަށްޓަކައި ރެއާއި ދުވާލު ބުރަމަސައްކަތްކުރި އަދި އެމީހަކު ލައިގެން ހުރި ހެދުމަކަށްވެސް ހިލޭފިރިހެނެއްގެ ހިޔަނިވެސް އެޅެންބޭނުންނުވި ތިމާގެ އުފަލާ ހިތްހަމަޖެހުން ކަމުގައިވި ތިބާގެ ލޯބިލޯބި އަނިބިމީހާ އެވަނީ ތިބާ އެޤަބުރުގެ އެކަނިވެރިކަމުގައި ވީހިނދު ކޮންމެވެސް އެހެން ފިރިހެނެއްގެ އަތްދަނޑިމަތީ މިލްކަކަށްވެފައެވެ. ނުވަތަ އެއިންސާނަކަށްޓަކައި ފަހުރުވެރިވެ ޖާނުންފިދާވަމުން ދިޔަ ފިރިމީހާ އެހެން އަންހެނެއްގެ ކަންހުޅީގެ އަސީރަކަށް ވާތަން ފެނިގެން ދެއެވެ.
ތިބާ ލޯބިން އޭނަޔަށް އަޅައިދީފައިވާ ގޭގައި ހުނުމާއި ސަމާސާކުރުންމަތީ އޭނާ ވަނީ ޣަރަޤުވެފައެވެ. ނުވަތަ ތިބާ އަމިއްލަ ވެގެން އުޅުނު އެގެއިން ބީރައްޓެހިކޮށްލައެވެ.
މިއީ ދުނިޔޭގެ އުސޫލެވެ. އެއަށްފަހު ސަރުކާރުގެ ރަޖިސްޓަރީތަކުންނާއި އަރްޝީފް ތަކުންވެސް ތިބާގެ ނަމާއި އެންމެހާ މަޢުލޫމާތުތައް ފޮހެލެވިގެންދެއެވެ.
އެހިސާބުން ތިބާ މަރުވިތާ ކުރީކޮޅު ހިތާމަކުރިމީހުން ކުޑަދުވަސްކޮޅަކުން ތިބާގެ އެންމެ ގާތްތިމާގެ މީހުންގެ ހިތުންވެސް ތިބާގެ ހަނދާންތައް ފަޑުވަމުންގޮސް މުޅިން ނެތިދެއެވެ. އަދި 40 ހަކަށް ނުވތަ 50 ހަކަށް އަހަރުފަހުން ތިބާގެ ނަންވެސް ދަންނަންހުންނާނީ ވަރަށްމަދުމީހެކެވެ. އެއަށްފަހު މާގިނަދުވަހެއް ނުވަނީސް ދެން އަންނާނީ މުޅިން އައުޖީލެކެވެ. އަދި ތިބާއުޅުނު ޖީލުގައި ބިންމަތީގައި އުޅުނު އެންމެވެސް އެވަނީ މިދުނޔެ ދޫކޮށް ނެތި ފަނާވެގެންގޮސްފައެވެ.
ކޮންމެއަކަސް މިދެންނެވި ހުރިހާކަންކަމަކީ ދުނިޔޭގެ މިބިންމަތީގައި ހިނގަމުންދާހައި ކަންތައްތަކެވެ.
(ނުނިމޭ….)
(މީ މިއަޅާގެ އަމިއްލަ ނަފްސަށާއި ތިބާއަށް ވީ ނަސޭހަތްކޮޅެކެވެ.)
(ރެފަރެންސް ؛ ދިވަންއިސްލާމް،)

