މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އުޖާލާ ދިރިއުން ފެސިލިޓީ މެދުވެރިކޮށް، ޝީޝާއިން ވިއްކާ ހޮންޑާ ޕަވާ ޕްރޮޑަކްޓްތައް ލިބޭނެ ކަމަށް ޝީޝާ އިން ބުނެފިއެވެ.
ޝީޝާ އިން މައުލޫމާތު ދޭ ގޮތުގައި އެމްއައިބީގެ އުޖާލާ ދިރިއުޅުން ސްކީމްގެ ދަށުން ހޮންޑާ ސައިކަލާއި އަދި ޕަވާ ޕްރޮޑަކްޓާއި އެއްކޮށް މިހާރު ސައިކަލު ސްޕެއާ ޕާޓްސް ލިބޭނެކަމަށާއި ސައިކަލްތައް ސާވިސްކުރުންވެސް ހިމެނިގެންދާކަމަށެވެ. އެހެންނަމަވެސް ސައިކަލު ސާވިސް މި ކޮންސެޕްޓަށް ފިޓް ވަނީ ސްޕެއާ ޕާޓްސްއެއް އޭގައި އެކުލެވިގެން ކުރިއަށްގެންދާ ސާވިސްތަކަށް ކަމަށް ޝީޝާ އިން ބުނެއެވެ.
އެމްއައިބީ އުޖާލާ ދިރިއުޅުން ފެސިލިޓީއަކީ އާންމު ދިރިއުޅުމުގައި ބޭނުންކުރާ މުދާ ހެޔޮއަގުގައި މަހުން މަހަށް ބަހާލައިގެން ފައިސާދައްކާ ގޮތަށް އިސްލާމީ ޝަރީއަތުގެ ހަމަތަކުގެމަތިން ދެވޭ ފެސިލިޓީއެކެވެ.
ޝީޝާ އިން ބުނާގޮތުގައި ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތަކަށް ފެސިލިޓީ ފޯރުކޮށްދިނުމަށްޓަކައި އެމްއައިބީ އާއި ގުޅިގެން ޝީޝާގެ ޕްރޮޑަކްޓްސްތަކާއި ސާވިސްތައް ލިބޭ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ.
ޝީޝާއަކީ ރާއްޖޭގެ ގިނަބަޔަކު އިތުބާރުކުރާ ގިނަ ދުވަހަށް ދެމިގެންދާ ޕްރޮޑަކްޓްތައް ވިއްކާ ހޮންޑާގެ އޮތޮރައިޒް ޑިސްޓްރިބިއުޓަރއެކެވެ. އެ ކުންފުނިން ހޮންޑާ ބްރޭންޑްގެ ސައިކަލާއި، ޕަވާ ޕްރޮޑަކްޓްތަކުގެ އިތުރުން، ސްޕެއާ ޕާޓްސްވެސް ލިބެން ހުންނާނެއެވެ. އަދި ސައިކަލު ސާވިސްވެސް ކޮށްދިނުމުގެ ހިދުމަތް ވެސް ދެއެވެ. ރާއްޖެގެ އެކި ކަންކޮޅުތަކުގައި ޝީޝާގެ އައުޓްލެޓްތައް ވަނީ ޤާއިމްކުރެވިފައެވެ.

