އއ.ތޮއްޑޫ ރައްޔިތުންގެ ފަރާތުން ޣައްޒާއަށް ރޯދަވީއްލުމެއް ދީފިއެވެ.
ތޮއްޑޫ ކައުންސިލާއި ތޮއްޑޫ ހޯޕް ޖަމިއްޔާ ގުޅިގެން މިދިޔަ ފެބުރުއަރީ މަހު ޣައްޒާއަށް އެހީވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ފަންޑަށް ވަނީ ޖުމްލަ 70,883.76 ރުފިޔާ ލިބިފައެވެ. އަދި މިފައިސާ ވަނީ ޣައްޒާއަށް އެހީވުމުގެ ގޮތުން ފެބުރުއަރީ މަހުގައި ޚިދުމަތް ޖަމްއިއްޔާ އާއި ހަވާލު ކުރެވިފައެވެ.
ޚިދުމަތް ޖަމިއްޔާގެ ފަރާތުން މިރަމަޟާން މަހުގެ ފަހުދިހައިގައި މިވަނީ އުތުރު ޣައްޒާގެ 730 މުސްލިމުންނަށް ރޯދަވީއްލުމެއް ދީފަ އެވެ. ރޯދަވިއްލުމަށް ކެއުން ތައްޔާރު ކޮށް އެރައްޔިތުންނަށް ސަދަގާތް ކުރި ވީޑިއޯ މިހާރު ވަނީ މީސްމީޑިޔާގެ ވަސީލަތްތަކުގައި ހިއްސާ ކޮށްފައެވެ.
އެންމެ ފާހަގަވި ކަމަކީ ތޮއްޑޫ ރައްޔިތުންނަށް ޝުކުރު އަދާކޮށް ދިވެހި ބަހުން ބެނާއެއް ގައި ލިޔެފައި ވުމެވެ. މިމަސައްކަތް މިހާ ފުރިހަމަކޮށް ނިންމާލުމުން ތޮއްޑޫ ހޯޕް ޖަމިއްޔާ އިން ވަނީ މި ސަދަގާތް މިހާ ފުރިހަމައަށް ފޯރުކޮށްދެއްވި ކަމަށްޓަކައި ޚިދުމަތް ޖަމްއިއްޔާ އަށް ޝުކުރު އަދާކޮށްފައެވެ. އަދި ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހައި ރައްޔިތުންނަށް ޝުކުރުއަދާކޮށްފައެވެ.
ޚިދުމަތް ޖަމިއްޔާ އިން އަންނަނީ މިރަމަޟާން މަހުގެ ޖުމްލަ 8 ގައުމު ހިމެނޭ ހެން ކޮންމެ ދުވަހަކު އުތުރު ޣައްޒާގައި ވެސް ރޯދަވިއްލުން ބާއްވަމުންނެވެ. މީގެ އިތުރުން ޣައްޒާގައި ވިލެޖެއް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއެއް ހިންގަމުންނެވެ. މިފަދަ ޕްރޮޖެކްޓްތައް ކާމިޔާބު ކަމާއެކީ މިކުރެވެނީ ދިވެހި ލޮބުވެތި ރައްޔިތުންގެ ދީލަތި އެހީތެރިކަމާއެކު ކަމަށްވާތީވެ މިފުރުޞަތުގައި ވެސް ދިވެހި ލޮބުވެތި އެންމެހައި ރައްޔިތުންނަށް ހިދުމަތް ޖަމިއްޔާ އިން ވަނީ ޝުކުރު އަދާކޮށްފައެވެ.
ޣައްޒާގެ ވިލެޖް ބިނާކުރުމުގެ މަޝްރޫޢަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް ފައިިސާ ޖަމާކުރެއްވުމަށް:
ޚިދުމަތް ޖަމިއްޔާގެ ބީއެމްއެލް އިސްލާމިކް އެކައުންޓް ނަންބަރު 7770000141499 އަށް

