"ހޮޓް އެންޑް ފްރެޝް" ބުނުމުން އޭގެ މާނަ ޖުމްލަކޮށް ފަހުމުވެއެވެ. ދެ ލަފުޒު އެއްތާކުން ފެނުމުން އޭގައި ބުނެދޭ މާނަވެސް އެހާ ފަސޭހައިން އެބަ އިނގެއެވެ. ކެފޭ އެއް ނުވަތަ ހޮޓާ ރެސްޓޯރެންޓެއްގެ ވާހަކަ ކަން ޔަޤީންވެއެވެ. ހޫނު އަދި ތާޒާ ކަން ގުޅިފައިވަނީ އަނގަޔަށް މީރު ރަހަ، އަރުތެރެއިން އޭގެ އެންމެ ތާޒާ ކަމާއެކު ދިރުވައިލުމުގެ އިޙުސާސެވެ.
މި އިބާރާތުން ލިޔުމެއް ފެއްޓީ ގަސްތުގައެވެ. ލިޔާ ހިތް ވެގެންނެވެ. ހުވަދު އަތޮޅުގެ ރަށްތަކުގެ ތެރެއިން ތަހުޒީބުގެ ކުލަ އެންމެ އަވަހަށް ޖެހެމުން އަންނަ އެއްރަށް ކަމުގައިވާ ގދ މަޑަވެލީގެ މެދު އަވަށުގައި ތަހުޒީބީ ރީތި ފަރުމާއަކަށް ހަދާފައިވާ "ހޮޓް އެންޑް ފްރެޝް" ކެފޭ އިން ޚިދުމަތް ހޯދުމަށް ފަހުއެވެ. ކެއުން ބުއިމުގެ މީރު ރަހަ ކަރުތެރެއިން ވިރިގެން ދިޔަ އިރު ލިބުނު ހިތްހަމަޖެހުމާއި އަރާމުގެ ބޮޑުކަމުންނެވެ. އެކި ޒާތުގެ ހޫނު ކޮފީ ތަކާއި ޖޫގޯ ފަދަ ފިިނި ބުއިންތައް ހަމަ މީރީއެވެ. ހޫނު ހެދިކާތައް ތަފާތެވެ. ވަރަށް މީރެވެ.

ހޮޓް އެންޑް ފްރެޝް / ފޮޓޯ:އަޚްތަރު – ހުވަދޫ މީޑިއާ
ކެފޭ އެހާ ބޮޑު ނޫނަސް އެތަނުގެ ޚިދުމަތް ބޮޑެވެ. ރަށުގައި ދިރިއުޅޭ އާބާދީ އާއި ގުޅުވާލެވިފަިވާ ހޯނޑެއްދޫގެ އާބާދީ އާއި ދެރަށަށް އަރާ ފައިބާ މީހުންގެ އަދަދަށް ތަކުލީފު ކުޑަކޮށް ބޭނުންވާ ޚިދުމަތްދެއެވެ. އެންމެ މުހިންމު ކަމަކީ ސާފުތާހިރުކަން ކަމުގައި ދެމިގެންނެވެ. މާހައުލުގެ ހިތްގައިމު އެ ހިތްގައިމު ކެފޭ އަކީ ރަށުގެ ތަރައްޤީއަށްވެސް އިތުރުވި ފުރިހަމަ ކަމެކެވެ. ރަށަށް ތަހުޒީބީކަން ގެނައުމަށް ފެށި ބޮޑު ޚިދުމަތެކެވެ. ރަށުގައި ހިންގަމުންދިޔަ ހޮޓާ ރެސްޓޯރަންގެ ވިޔަފާރި ގާތްގަނޑަކަށް ހުއްޓި ވަޅުޖެހިފައި ވަނިކޮށް ވުޖޫދަށް ގެނައި މި ކެފޭ، ރަށަށް އެންމެ ކަމުދިޔައީ އެހެންވީމާ ކަމަށް ރައްޔިތުން އިއްތިފާޤުވެއެވެ.

ހޮޓް އެންޑް ފްރެޝް / ފޮޓޯ: ފޮޓޯ މޯލްޑިވްސް
"ހޮޓް އެންޑް ފްރެޝް" ފެށިތާ އަހަރެއް ވެސް ނުވަނީސް މިފަދަ އިތުރު ތަންތަން ހުޅުވަން ފެށުމެވެ. އެކި ވައްޓަފާޅިއަށެވެ.
ނަމަވެސް ‘ ހޮޓް އެންޑް ފްރެޝް، ގެ ތަފާތަކީ އެއީ ޓޭކް އަވޭއަށް ޚާއްޞަ ތަނެއްކަމެވެ. މަގުމަތީގައި އުޅޭ މީހުންނަށް އެއްވެސް އުނދަގުލެއް ނުވާ ގޮތަށް މަގަތުގައިވެސް އިށީނދެލައިގެން ތިބެވެސް ޚިދުމަތް ލިބޭ ތަނަކަށް ވުމެވެ. މަގުމަތީގަ އަދި އެތެރޭގެ ހިތްގައިމު މާހައުލުގައި އަވަސް ޚިދުމަތް ލިބުމެވެ.

ހޮޓް އެންޑް ފްރެޝް ސަރަހައްދު މަގުމަތީން / ފޮޓޯ: އަޚްތަރު – ހުވަދޫ މީޑިއާ
"ހޮޓް އެންޑް ފްރެޝް" ގެ މާހައުލުގައި މަޑުކޮށްލައިގެން އިން އިރު އެންމެ ފާހަގަ ކުރެވުނު އެއް ކަމަކީ ރަށަށް ޒިޔާރަތް ކުރާ އެންމެން ވެސް އެތަނުން ފެންނަ ކަމެކެވެ. އެތަނުގެ ރީތި ކަމާއި "ސަރވިސް ރަނގަޅު" ކަމުގެ ވާހަކަ ދައްކާ ކަމެވެ.

