ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރާ ގުޅުންހުރި މަޢުލޫމާތުތައް ރައްޔިތުންނާ ހިއްސާކުރެއްވުމަށް ފަށްޓަވާ “ރައްޔިތުންނާ އެކު” ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑް މިއަދު މެންދުރު 1:00 ގައި މިއަދު ގެނެސްދޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ޕޮޑްކާސްޓަކީ ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ހިއްސާކުރުމަށާއި، ރައްޔިތުންގެ ޚިޔާލުތަކާއި ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައީސް މުޢިއްޒު ކުރިއަށް ގެންދަވާ ޕްރޮގްރާމެކެވެ.
މި ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑް ރައީސް އޮފީހުގެ ސޯޝަލް މީޑިއާ ޗެނަލްތަކުން ދައްކާނެ އިރު، މެންދުރުފަހު 2:30 ގައި ޕީއެސްއެމް ނިއުސްއިން ވެސް މި އެޕިސޯޑް ގެނެސްދޭނެކަމަށް ވަނީ އިޢުލާނުކޮށްފައެވެ.
ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކުރިއަށްގެންދަވާ މި ޕޮޑްކާސްޓް ހޯސްޓުކުރައްވާނީ ޓީވީ މެދުވެރިކޮށް ގިނަ ބައެއްގެ މަގުބޫލުކަން ހޯއްދަވާފައިވާ ޕްރެޒެންޓަރު އަޙްމަދު ޝަކީބު (ޝަކީއްބެ) އެވެ.

