މާފުށީ ޖަލުގެ ދިވެހި ސަޤާފީ ގޯތީގައި އާންމުންނަށް ހުޅުވާލައިގެން އީދު ހަރަކާތްތަކެއް ބާއްވަން ނިންމައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެކްސް ރަސްމީ އެކައުންޓުގައި ކޮށްފައިވާ ޕޯސްޓެއްގައި މިކަން ހާމަކޮށް ބުނެފައިވަނީ ހިޖުރީ ސަނަތުން 1446 ވަނަ އަހަރުގެ ފިޠުރު ޢީދު ފާހަގަކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ
‘ޢީދު ފިނިހިޔާ 1446’ ގެ ޓިކެޓް ދޫކުރުން މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާނެ ކަމަށެވެ.
މާފުށީ ޖަލުގެ ދިވެހި ސަގާފީ ގޯތީގައި އާންމުންނަށް ހުޅުވާލައިގެން ބާއްވާ ފިޠުރު އީދުގެ ހަރަކާތްތައް، ‘ޢީދު ފިނިހިޔާ 1446’ ގެ ޓިކެޓް ދޫކުރުން މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން ކުރިއަށް ދާނެ ކަމަށްވެސް އެކްސްޕޯސްޓުގައި ބުނެފައިވެއެވެ.
‘ޢީދު ފިނިހިޔާ 1446’ ގައި ޚާއްޞަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ ހަރަކާތްތަކުގެ ތެރޭގައި ސަގާފީ ކުޅިވަރުތަކާއި، އާޓިސްޓުންގެ ޚާއްޞަ ޕަރފޯމަންސްތައް ހިމެނޭނެއެވެ. އަދި މިއީ އުފާވެރި ހަނދާންނުނެތޭފަދަ ހާއްސަ އީދަކަށް ވާނެއެވެ.

