އިތުރު 8 ރަށެއްގައި ފުލުހުންގެ ޢިމާރާތް އެޅުމަށްޓަކައި ސަރުކާރު ހިއްސާވާ 3 ކުންފުންޏަކާއި މިއަދު ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން ފުލުހުންގެ ޢިމާރާތް އެޅުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީ، އާރްޑީސީ، އަދި ފެނަކަ ކޯޕަރޭޝަނާއެވެ.
މި މަޝްރޫޢުގެ ދަށުން އެމްޓީސީސީއިން 6 ރަށެއްގައި، އާރްޑީސީއިން އާއި ފެނަކައިން އިތުރު 1 ރަށުގައި ފުލުހުންގެ ޢިމާރާތް ތަރައްޤީކުރުމަށް ހަމަޖެހިފައިވާއިރު، އަތޮޅު ފެންވަރުގައި އާއި، ރަށު ފެންވަރުގައި ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ.
ފުލުހުންގެ ޢިމާރާތް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރަށްތައް:
- ހދ. ކުމުންދޫ
- ފުވައްމުލަކު ސިޓީ
- ހއ. މާރަންދޫ
- ހއ. ބާރަށް
- ރ. ދުވާފަރު
- ވ. ފެލިދޫ
- ބ. ދަރަވަންދޫ

