މިއަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި ގޮވާމުން ބަލައިގަނެފައިވާ ތަކެތި ފަޤީރުންނާއި މިސްކީނުންނަށް މާދަމާއިން ފެށިގެން ދޫކުރަން ފަށާނެ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު ހާމަކޮށްފިއެވެ.
ޒަކާތު ހައުސްއިން މިކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިސްކަންދަރު ސްކޫލުގައެވެ. މިގޮތުން މާލެ ސިޓީގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް މި ތަކެތި ބެހުމަށް ވަނީ ހަމަޖެހިފައެވެ.
ގޮވާން ބެހުމަށް ކަނޑައެޅިފައިވާ ގަޑިތައް
- މާރިޗު 28 – މެންދުރުފަހު 2:00 އިން 4:30 އަށް
- މާރިޗު 28 – ރޭގަނޑު 9:30 އިން 11:00 އަށް
- މާރިޗު 29 – ހެނދުނު 10:00 އިން މެންދުރު 12:00 އަށް،
- މާރިޗު 29 – މެންދުރުފަހު 1:00 އިން 3:00 އަށް
- މާރިޗު 29 – ހަވީރު 4:00 އިން 5:00 އަަށް
އަތޮޅުތަކުގައި ފިޠުރު ޒަކާތުގެ ގޮތުގައި ގޮވާން ބަލައިގަތުމާއި ބެހުމުގެ ކަންކަން ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލް އިދާރާއިން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ. މިގޮތުން އެ ރަށެއްގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައިވާ ފަރާތްތަކަށް ގޮވާން ބެހުމުގެ ހުއްދަ ވަނީ ދެވިފައެވެ.

