މިއަދުގެ ވަގުތެއްގައި މިޔަންމާއާއި ތައިލޭންޑަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން ތައިލޭންޑުގައި ތިބި ދިވެހިން އެހީއަށް އެދި ގުޅޭނެ ނަންބަރެއް ހާރިޖީ ވުޒާރާއިން އާއްމުކޮށްފިއެވެ.
މިއަދު ހެނދުނު އައި މި ބާރުގަދަ ބިންހެލުމުގައި ދެ ގައުމަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، ދިވެހި ސަރުކާރާއި ޚާރިޖިއްޔާއިން ގެންދަނީ އެ ދެ ޤައުމުގެ ޙާލަތު ވަރަށް ކައިރިން ބަލަމުން ކަމަށާއި ތައިލޭންޑްގައިތިބި ދިވެހިންގެ ޙާލު ރަނގަޅު ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.
މިޔަންމާގައި ދިވެއްސަކު ހުރި ކަމުގެ މަޢުލޫމާތު އަދި ލިބިފައި ނެތް ނަމަވެސް، މިޔަންމާ އާއި ތައިލޭންޑުގައި ތިބި ދިވެހިން އެއްވެސް އެހީތެރިކަމަކަށް ބޭނުންވާނަމަ ތައިލޭންޑް އެމްބަސީ ނަންބަރު: +66611766502 އަދި ޚާރިޖީ ވުޒާރާގެ ނަންބަރަށް +9607983400 ގުޅުމަށް ޚާރިޖީ ވުޒާރާ އިން ވަނީ އެދިފައެވެ.
މި ބިންހެލުމާއި ގުޅިގެން އުރީދޫ އިންވެސް ވަނީ އުރީދޫ މެދުވެރިކޮށް ތައިލޭންޑަށް ގުޅުން މިރޭ މެންދަމު 12 ޖެހުމާއި ހަމައަށް ހިލޭ ގުޅޭނެ އިންތިޒާމްތައް ހަމަޖައްސާފައެވެ.
7.2 މެގްނިޓިއުޑް ބާރުމިނުގައި އައި މި ބިންހެލުމާއި ގުޅިގެން މިހާތަނަށް ތައިލޭންޑުން 3 މީހުން މަރުވެފައިވާކަމަށް އެ ގައުމުގެ މީޑީއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

