ބަނގުރަލުގެ ވިޔަފާރިކޮށް، ބޭނުންކުރާ ކަމުގެ ތުހުމަތު ކުރެވޭ މައްސަލައިގައި މާލެއިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މިމަހުގެ 27 ވަނަ ދުވަހު ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ އެލައިޔާޖާ އަރޮކިޔަސާމީ (41 އަހަރު) އެވެ.
މި އޮޕަރޭޝަންގައި އެލައިޔާޖާ އަތުން ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 21 ފުޅި ފެނިފައިވާްއިރު، އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ ބަނގުރާ ބޭނުންކުރުމާއި އޭގެ ވިޔަފާރިކުރުމެވެ.
މި މައްސަލައާ ގުޅިގެން އެލައިޔާޖާ ޑީޕޯޓް ކުރުމަށް މިހާރު އިމިގްރޭޝަނާއި ހަވާލުކޮށްފައިވާއިރު، މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

