މިރޭ މައްޗަންގޮޅީގައި ހުންނަ ގެއެއްގައި 60 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މިރޭ 12:22 އެހާކަންހާއިރު މައްޗަންގޮޅީގައި ބުރުޒުމަގުގައި ހުންނަ ގެއެއްގައި ހަބަރެއް ނެތި މީހަކު އޮތްކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބުނެވެ. އެ މައުލޫމާތާ ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް މައްސަލަ ބަލައި އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
“އެ މީހާ އައިޖީއެމްއެޗްއަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް ވަނީ މައުލޫމާތު ދީފައި،” ފުލުހުން ބުންޏެވެ.
މި މައްސަލައިގައި އިތުރު ތަފްސީލެއް މި ވަގުތު ހާމަކޮށްފައި ނުވިޔަސް، ފުލުހުންގެ ފަރާތުން މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

