1446 ވަނަ އަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ އަރިހުން ޢީދު ސަލާން ކުރައްވައިފި އެވެ.
މުލީއާގޭގައި މިއަދު ހެނދުނު 9:00 އިން 11:00 އަށް ކުރިއަށް ގެންދެވުނު މި ޚާއްސަ ސަލާމުގައި ސަރުކާރުގެ އިސް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދި ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މީގެ އިތުރުން، ރާއްޖޭގައި ހުންނަވާ ބޭރު ޤައުމުތަކުގެ ޢިއްޒަތްތެރިންނާއި، ސަރުކާރުގެ އެކި އޮފީސްތަކާއި ކުންފުނިތަކުގެ އިސްވެރިންވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ޢީދުގެ ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ.
އާންމު ރައްޔިތުންނަށް ހުޅުވާލައިގެން ބޭއްވުނު މި ސަލާމުގައި ގިނަ ޢަދަދެއްގެ ރައްޔިތުންނާއި ޢާއިލާތަކުން ބައިވެރިވެ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާ ބައްދަލުކޮށް ޢީދުގެ ހެޔޮއެދުންތައް ފާޅުކުރިއެވެ.

