ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އަންހެން މީހާ މަރުވެއްޖެއެވެ.
އއ. ރަސްދޫގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ވަރަށް ބޮޑަށް ފިހުނު ދެމަފިރިންގެ ތެރެއިން އަންހެން މީހާ މަރުވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.
މި ހާދިސާ ހިނގީ މިދިޔަ ހޯމަ ދުވަހުގެ ރޭ 11:15 ހާއިރު ރަސްދޫގެ ގެއެއްގައެވެ. އަލިފާން ރޯވި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން، ފުލުހުން އެ ދީނަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކުރުމާއެކު އަލިފާނުން ފިހިފައި ވާ ދެމީހުން ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ރަސްދޫ އިން ވަގުތީ ފަރުވާ ދިނުމަށް ފަހު ދެމީހުން އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދޭން ފަށާފައެވެ.
އައިޖީއެމްއެޗަށް ގެންދެވުނު އިރުވެސް ދެމަފިރިންގެ ހާލު ވަރަށް ސީރިއަސް ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އޭގެ ތެރެއިންހ ހުދު އެންމެ ބޮޑަށް ފިހިފައިވަނީ އަންހެން މީހާއެވެ. އަދި ޑޮކްޓަރުން ވަނީ ކުރުންވެސް އުންމީދު ކަނޑާލައިފައެވެ.
ިފިރިހެން މީހާއަށް އަދިވެސް ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

