1446 ވަނަ އަހަރުގެ ފިތުރު އީދު ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމްތައް ހަމަޖައްސައިދެއްވި އެންމެހައި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.
ރައީސް ޑރ މުއިއްޒު އެކި އިދާރާތަކާއި މުވައްސަސާތަކުގެ ލޯގޯތައް ހިމަނުއްވައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އީދު ފާހަގަކުރުމުގެ އިންތިޒާމްތައް ހަމަޖައްސައި، ކުޑަކުދިންނާއި އާއިލާތަކަށް އުފާވެރިކަން ގެނެސްދިނުމުގައި ބައިވެރިވި އެންމެހައި ފަރާތްތަކުގެ މަސައްކަތް ފާހަގަކުރައްވާ ކަމަށެވެ.
މި އަހަރުގެ އީދު ފާހަގަކުރުމުގެ ހަރަކާތްތަކުގައި
- ފުލުހުންނާއި ސިފައިންގެ އިތުރުން،
- އިސްލާމިކް މިނިސްޓްރީ،
- ސިޓީތަކާ ބެހޭ މިނިސްޓްރީ،
- ސްޕޯޓްސް މިނިސްޓްރީ
- ދިވެހިބަހާ ބެހޭ މިނިސްޓްރީގެ

ސަރުކާރުގެ ކުންފުނިތަކުން ވެސް ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި
- އެމްޓީސީސީ،
- އެސްޓީއޯ،
- ސްޓެލްކޯ،
- ވެމްކޯ،
- އެމްއޭސީއެލް،
- އެމްޑަބްލިއުއެސްސީ،
- ޕީއެސްއެމް،
- އެޗްޑީސީ،
- އާރްޑީސީ
- އެމްޕީއެލް
"މުސްލިމުން އުފާފާޅުކުރުމަށް މަގުފަހިކޮށްދިނުމަކީ ޚާއްޞަ އަހަންމިއްޔަތުކަމެއް ދޭންޖެހޭ ކަމެއް" ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް ޑރ މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ. އަދި އީދު ފަދަ އިސްލާމީ މުނާސަބަތުތައް ފާހަގަކުރުމަކީ ކުޑަކުދިން އިސްލާމްދީނަށް ލޯބިކުރުމަށާއި ދީނުގެ ކަންކަން އުނގެނުމަށް ބާރުއެޅިގެންދާނެ ކަމެއް ކަމުގައިވެސް ވިދާޅުވެފައިވެއެވެ.
މި އަހަރުގެ ފިތުރު އީދު ދުވަހު މާލެ އާއި ހުޅުމާލޭގައި ކުޑަކުދިންގެ ހަވީރާއި، ޑްރޯން ޝޯ އަދި ހަވާ އެރުވުމުގެ ހަރަކާތްތަކުގެ އިތުރުން، މުޅި ރާއްޖެ އީދަށް ޒީނަތްތެރިކުރުމުގެ ގޮތުން ދިއްލާލުމުގެ ޚާއްޞަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

